ކ. މާލެ
|
2 ޖޫން 2017 | ހުކުރު 19:04
އެޓްލެޓިކޯ މެޑްރިޑުގެ ސަޕޯޓަރުން
އެޓްލެޓިކޯ މެޑްރިޑުގެ ސަޕޯޓަރުން
ގޫގުލް
ޓްރާންސްފާ ބާޒާރު
އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި
2018 ވަނަ އަހަރާއި ހަމައަށް އެކުލަބަށް ޓްރާންސްފާ އެއްގައި ބައިވެރިއެއް ނުވެވޭނެ
ފީފާއިން ވަނީ އެޓްލެޓިކޯގެ އިތުރުން ރެއާލް މްޑްރިޑަށްވެސް މި ފިޔަވަޅު އަޅާފަ

ސްޕެއިންގެ އެޓްލެޓިކޯ މްޑްރިޑަށް ޓްރާންސްފާ ވިންޑޯ ގައި ބައިވެރި ނުވެވެ ގޮތަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެޅި ފިޔަވަޅަށް ދަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއެސްއޭ) އިން ތާއީދުކޮށްފިއެވެ.

މި މައްސަލަ ސީއެސްއޭގައި އިސްތިއުނާފު ކޮށްފައި ވާއިރު ފީފާއިން އެޅި ފިޔަވަޅަށް އެކޯޓުން ތާއީދު ކުރުމުން، 2018 ވަނަ އަހަރާ ހަމައަށް އެކުލަބަށް ޓްރާންސްފާ މާކެޓްގައި ބައިވެރިއެއް ނުވެވޭނެއެވެ.

ފީފާއިން އެޓްލެޓިކޯއަށް ފިޔަވަޅު އަޅާފައިވަނީ، އެކުލަބާއި ރެއާލް މެޑްރިޑުން 18 އަހަރުން ދަށުގެ ބިދޭސީ ކުޅުންތެރިން ގެނައުމުގައި އަމަލު ކުރަންޖެހޭ ގަވާއިދަށް އަމަލުކޮށްފައި ނުވާތީއެވެ. މި މައްސަލާގައި ފީފާއިން ވަނީ އެޓްލެޓިކޯގެ އިތުރުން ރެއާލްގެ މައްޗަށް ވެސް ފިޔަވަޅު އަޅާފައެވެ.  

މި މައްސަލަ ސީއެސްއޭގައި އިސްތިއުނާފު ކުރުމުން ވެސް އެޓްލެޓިކޯއަށް ކުރިއެރުމެއް ލިބިފައި ނުވާއިރު، މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ވެސް އެ ކްލަބަށް ބައިވެރިވެވިފައެއް ނުވެއެވެ.

ސީއެސްސީގެ މި ނިންމުމާއި ގުޅިގެން އެޓްލެޓިކޯއަށް ޖޫން ޓްރާސްފާގައި ވެސް ބައިވެރި ނުވެވޭތީ އެކުލަބުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރެއާލް އަށް ވެސް މި ހުކުމް ތަންފީޒުކުރަންޖެހިފައިވާ އިރު އެ ކްލަބުތަކުން ކުޅުންތެރިންނާ އެކު ޑީލްތައް ހެދި ނަމަވެސް ކްލަބަށް ކުޅެވޭނީ ކުރިއަށް އޮތް ސީޒަންގެ ފިނި މޫސުމުގެ ޓްރާންސްފާގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް