ހ.އ ދިއްދޫ
|
1 ފެބްރުއަރީ 2022 | އަންގާރަ 21:47
ހުޅުދުއްފާރު ސްކޫލްގައި ކުލާސްރޫމް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ހުޅުދުއްފާރު ސްކޫލްގައި ކުލާސްރޫމް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ހުޅުދުއްފާރު ސްކޫލްގައި 12 ކުލާސްރޫމް އެޅުން
ހުޅުދުއްފާރު ސްކޫލްގެ 12 ކުލާސްރޫމްގެ އިމާރާތް އެޅުމަށް ހަވާލުކޮށްފި
މައިކްރޯން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
12 ކްލާސްރޫމްގެ، 3 ބުރީގެ އިމާރާތް އެޅުމަށް ނިންމާފައިވޭ

ރ. ހުޅުދުއްފާރު ސްކޫލުގެ 12 ކްލާސްރޫމްގެ 3 ބުރީގެ އިމާރާތުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން ފެބްރުއަރީ 1ވީ އަންގާރަ ދުވަހު, މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީއެވެ. އަދި މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނައިހް ނަޖީބެވެ.

Advertisement

ރ. ހުޅުދުއްފާރު ސްކޫލްގެ 12 ކްލާސްރޫމްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް މައިކްރޯން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ 15,661,157.74ރ(ފަނަރަ މިލިޔަން ހަލައްކަ ފަސްދޮޅަސް އެއްހާސް އެއްސަތޭކަ ފަންސާސް ހަތްރުފިޔާ ހަތްދިހަ ހަތަރުލާރި)ގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް