Advertisement
ކ. މާލެ
|
2 ޖޫން 2017 | ހުކުރު 15:59
ދިރާގު ޓީވީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖޯއިބޮކްސް
ދިރާގު ޓީވީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖޯއިބޮކްސް
ރާއްޖެ އެމްވީ
ރާއްޖެ ޓީވީ
ދިރާގު ޓީވީގެ ހިދުމަތުގައި ރާއްޖެ ޓީވީ އަލުން ހިމަނައިފި
ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެއް
ރާއްޖެ ޓީވީއަކީ ރާއްޖޭގެ ފުރަތަމަ ނިއުސް އެންޑް ކަރަންޓް އެފެއާޒް ޗެނަލް

ދިވެހިރާއްޖޭގައި ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭން ނިންމާފައިވާ ދިރާގު ޓީވީގެ ޚިދުމަތުގައި ރާއްޖެޓީވީ ހިމެނުމާ ބެހޭ  އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

 

ދިރާގުން މިޚިދުމަތް ފެށީ ވެސް ރާއްޖެޓީވީ ހިމަނައިގެންނެވެ. ނަމަވެސް އޭރު އެކަން ކުރަމުން ދިޔައީ ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް ނުވާތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ދިރާގު ޓީވީގައި ރާއްޖެޓީވީ ރައިޑްކުރުން ނިމުމަކަށް ގެނެސް، ޗެނަލްގެ އިސްތިހާރު ޕެކޭޖްތަކުން ވެސް ރާއްޖެޓީވީ ނެގުމަށް ރާއްޖެޓީވީން އެދުނެވެ. އަދި ރަސްމީ ގޮތެއްގައި ދިރާގު ޓީވީ ޚިދުމަތުގައި ރާއްޖެޓީވީ ހިމެނުމުގެ މަޝްވަރާތައް ދެ ފަރާތުން ފެށިއެވެ.

 

މި މަޝްވަރާތަކަށް ފަހު ރާއްޖެ ޓީވީ އާއި ދިރާގާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއް ގާއިމުކުރެވިފައެވެ. 

ރާއްޖެ ޓީވީއަކީ ރާއްޖޭގެ ފުރަތަމަ ނިއުސް އެންޑް ކަރަންޓް އެފެއާޒް ޗެނަލެވެ. އަދި އެންމެ ފުރަތަމަ 24 ގަޑިއިރަށް ހިދުމަތް ބަދަލުކުރި ނިއުސް އެންޑް ކަރަންޓް އެފެއާޒް ޗެނަލަކީ ވެސް ރާއްޖެ ޓީވީ އެވެ. ދިރާގު ޓީވީގެ ޚިދުމަތުން ރާއްޖެ ޓީވީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އުނިވެގެންދިޔުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

ދިރާގު ޓީވީގެ ޙިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް ލިބޭއިރު ދިރާގަކީ އައިޕީޓީވީ ގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅިރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏެވެ.

 

އައިޕީޓީވީއަކީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްނޮލޮޖީއެކެވެ.

 

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް ޔޫސޭޖް އެލަވަންސަށް އަސަރުނުކުރުމުގެ އިތުރުން އިންޓަރނެޓްގެ އިތުރު ހަރަދެއް ނުހިނގާނެއެވެ.

 

ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

 

ދިރާގު ޓީވީގެ ހިދުމަތުގައި މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭ.އެކްސް.އެން، ޓެން ސްޕޯޓްސް، ސޮނީ އީއެސް.ޕީ.އެން، ލައިފްޓައިމް، ހިސްޓަރީ ޗެނެލް، ބީބީސީ އާރތް ހިމެނެއެވެ.

 

މީގެ އިތުރުން ވެސް ބައިނަލްއަޤްވާމީ އެތައް ޗެނެލެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ދިރާގު ޓީވީން ބެލޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް