ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 21:32
ބެއިޖިންގައި މި މަހު ފަށާ ވިންޓަރ އޮލިމްޕިކް ގޭމްސްގައި ހަރަކާތްތެރިވާ މެޑިކަލް ސްޓާފުން
ބެއިޖިންގައި މި މަހު ފަށާ ވިންޓަރ އޮލިމްޕިކް ގޭމްސްގައި ހަރަކާތްތެރިވާ މެޑިކަލް ސްޓާފުން
ރޮއިޓަރސް
ކޮވިޑް-19، ޗައިނާގެ ހާލަތު
ވިންޓަރ އޮލިމްޕިކް ގޭމްސްއާ ގުޅުންހުރި 34 ކޮވިޑް ކޭސް ރިޕޯޓްކޮށްފި
ޕޮލެންޑުގެ 8 އެތުލީޓުން ވަނީ ޕޮޒިޓިވްވެފައި

މި މަހު 4ގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ފަށާ ވިންޓަރ އޮލިމްޕިކްސް 2022އާ ގުޅުންހުރި 34 ކޮވިޑް-19 ކޭސް މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވިންޓަރ އޮލިމްޕިކް ގޭމްސްގެ އޯގަނައިޒިންގ ކޮމެޓީން ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕޮޒިޓިވްވި 34 މީހުންގެ ތެރޭގައި ޕޮލެންޑްގެ އުންމީދީ ތަރި ނަޓާލިއާ މަލިޝަޒްކާވެސް ހިމެނެއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް ޗައިނާއަށް ދިޔަ ޓީމުތަކުގެ އޮފިޝަލުންނާއި އެތުލީޓުން ހިމެނޭނެހެން 13 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ އެތުލީޓުން ޕޮޒިޓިވްވެފައިވަނީ ޕޮލެންޑުގެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިންޓަރ އޮލިމްޕިކް ގޭމްސް ކުރިޔަށްދާއިރު ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް އިތުރުވުމުގެ ބިރު އެބައޮތެވެ. ސަބަބަކީ އޮލިމްޕިކް ވިލެޖުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދޯހަޅިވުމުންނެވެ.

ބެއިޖިން އޮލިމްޕިކް ގޭމްސް ފެށެން ކުޑަތަން ވެފައިވަނިކޮށް ޗައިނާއިން ވަނީ އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ފެނިފައެވެ. އެއާއެކު ޗައިނާގެ ސަރުކާރުން ވަނީ ވައިރަހުގެ އަސަރު އޮލިމްޕިކް ގޭމްސްއަށް ނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ބެއިޖިންގ އިތުރުން ޗައިނާގެ ހަތަރު ޕްރޮވިންސަކުން ވަނީ އޮމިކްރޯން ވޭރިއަންޓް ފެނިގެން ރިޕޯޓްކޮށްފައެވެ. ނަމަވެސް ޗައިނާގައި އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މީހުންގެ އަދަދެއް ސާފެއްނޫނެވެ.

ޗައިނާގެ 14 ސަރަހައްދަކުން މިހާތަނަށް އައިއިރު އޮމިކްރޯން ވޭރިއަންޓް ފެނިފައިވާއިރު, އެކޭސްތަކަކީ ޗައިނާއަށް އެތެރެވި މީހުންކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް