ކ. މާލެ
|
30 ޖެނުއަރީ 2022 | އާދީއްތަ 07:00
ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން
ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން
ސޯޝަލް މީޑިއާ
ނިއުޒިލެންޑްގެ ބޮޑުވަޒީރު އައިސޮލޭޝަނަށް
ކޮވިޑްގެ ޕޮޒިޓިވް ކޭހަކާއި ކޮންޓެކްޓްވުމުން ނިއުޒިލެންޑްގެ ބޮޑުވަޒީރު އައިސޮލޭޝަނަށް
ޖަސިންޑާ ކޮވިޑް-19 އަށް ކޮންޓެކްޓް ވެފައިވަނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ދަތުރުކުރެއްވި ފްލައިޓެއްގެ ތެރެއިން
ޖަސިންޑާގެ ފުށުން އަލާމާތްތައް ނުފެނޭ، ހާލުކޮޅު ރަނގަޅު

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ނިއުޒިލެންޑް ބޮޑުވަޒީރު ޖަސިންޑާ އާޑަން ކޮންޓެކްޓްވުމާއި ގުޅިގެން އަންގާރަ ދުވަހާއި ހަމައަށް އައިސޮލޭޝަނަށް ވަޑައިގަންނަވާފައިވަކަމަށް ނިއުޒިލެންޑް ސަރުކާރުން ބުނެފިއެވެ.

ޖަސިންޑާ ކޮވިޑް-19 އަށް ކޮންޓެކްޓް ވެފައިމިވަނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ދަތުރުކުރެއްވި ފްލައިޓެއްގެ ތެރެއިންނެވެ. މިއާއެކު އެކޭހާއި ގުޅުންހުރި އެންމެންގެ ޖެނޯމް ސީކުއެންސް ހަދާފައިވާކަމަށް ނިއުޒިލެންޑް ސަރުކާރުން ބުނެއެވެ.

މިއާއެކު އެއީ އޮމިކްރޯން ވޭރިއަންޓްތޯ ދެނެގަނެވެގެންދާނެއެވެ.

ސަރުކާރުން ބުނެފައިވަނީ ޖަސިންޑާގެ ފުށުން އަލާމާތްތައް ނުފެންނަކަމަށާއި ހާލުކޮޅު ރަނގަޅުކަމަށެވެ. އަދި އާދިއްތަ ދުވަހު ޖަސިންޑާ ޓެސްޓްކުރައްވާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޖަސިންޑާ އާއެކު ދަތުރުކުރެއްވި ސްޓާފުންނާއި ގަވަރނަރ ޖެނެރަލްވެސް މިއުސޫލުން އަމަލުކުރާނެކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް