ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 23:40
އެފްއޭއެމް ހައުސް
އެފްއޭއެމް ހައުސް
ވީނިއުސް
އެފްއޭއެމް
ރެފްރީންނާއި ކޯޗުން އެފްއޭއެމްގައި ރަޖިސްޓްރީ ވުމަށް އަންގައިފި
ރެފްރީންނާއި ކޯޗުން ރެޖިސްޓާ ވާން އެންގީ ރެފްރީންނާއި ކޯޗުންގެ ކަންތައްތައް ހަރުދަނާކުރުމުގެ މަގްސަދުގައި
އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ކުރިން އެފްރީންނާއި ކޯޗުން އެއިދާރާގައި ރެޖިސްޓާ ވާން ޖެހޭނެ

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުބާރާތްތަކުގައި ހަރަކާތްތެރިވާ ރެފްރީން ނާއި ކޯޗުން އެއިދާރާގައި ރަޖިސްޓްރީ ވާން އަންގައިފިއެވެ.

ރެފްރީން  ރަޖިސްޓްރީ ވާން އަންގައި ނެރުނު ބަޔާނުގައި ވަނީ، އެފްއޭއެމްގެ ބެލުމުގެ ދަށުން މަސައްކަތްކުރާ ރެފްރީންގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި ރެފްރީން ރަޖިސްޓްރީ ކުރުމަށް އެއިދާރާއިން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްގެ މުބާރާތްތަކުގައި ހަރަކާތްތެރިވާން ބޭނުންވާ، ރެފްރީ ކޯސް ފުރިހަމަކޮށްފައިވާ ރެފްރީން 2 ޖުލައި 2017 ގެ 14:00 ގެ ކުރިން އެ އިދާރާގައި ރަޖިސްޓްރީ ކުރުމަށް ދަންނަވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ރެފްރީންނަށް އެއިދާރާއިން ހިންގާ އެއްވެސް މުބާރާތެއްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެފްއޭއެމްއިން ހިންގާ މުބާރާތްތަކާއި، އެއިދާރާއިން ހުއްދަދެވިދެން ކުރިއަށް ގެންދާ މުބާރާތްތަކުގައި ހަރަކާތެރިވާ ކޯޗުންގެ ކަންތައްތައް ހަރުދަނާކުރުމުގެ މަގްސަދުގައި ކޯޗުންވެސް  ރަޖިސްޓްރީ ވުމަށް އަންގާފައިވެ އެވެ. 

އެފްއޭއެމްގެ މުބާރާތްތަކުގައި ހަރަކާތްތެރިވާން ބޭނުންވާ، "ޕްރޯ" "އޭ" "ބީ" އަދި "ސީ" ސެޓްފިކެޓް ފުރިހަމަކޮށްފައިވާ ކޯޗުން އަންނަ ޖުލައިމަހުގެ 2 ވަނަ ދުވަހުގެ 14:00 ގެ ކުރިންރަޖިސްޓްރީ ވާން އެއިދާރާއިން ވަނީ އަންގާފައެވެ.  އަދި މި މުއްދަތުގައި ރަޖިސްޓްރީ ނުވާ ކޯޗުންނަށް އެއިދާރާއިން ހިންގާ މުބާރާތްތަކާއި، އެއިދާރާއިން ހުއްދަދެވިދެން ކުރިއަށް ގެންދާ މުބާރާތްތަކުގައި ޓީމުތަކުގައި ހަރަކާތެރި ނުވެވޭނެ ކަމަށްވެސް ވަނީ އަންގާފައެވެ.

އެއިދާރާއިން ބުނެފައިވަނީ ރެފްރިންނާއި ކޯޗުން ރިޖިސްޓްރީ ވާން އެދޭ ފޯމު، ރަސްމީ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް އެއިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް