ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 00:42
ޔުނައިޓެޑަށް ކުޅެމުން އަންނަ އިބްރާހިމޮވިޗް
ޔުނައިޓެޑަށް ކުޅެމުން އަންނަ އިބްރާހިމޮވިޗް
ގެޓީ އިމޭޖަސް
އިބްރާހިމޮވިޗް
އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް
އިބްރާހިމޮވިޗް އަންނަނީ ޔުނައިޓެޑާ ވާހަކަދައްކަމުން
އިބްރާހިމޮވިޗް ޕްރިމިއާ ލީގުގެ އެހެން ކްލަބަކުންވެސް ފެނިދާނެ

މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވަރޑް ޒްލަޓާން އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި މަޑުކުރަން ކަމަށް އޭނާގެ އެޖެންޓް މިނޯ ރިއޯލާ ބުނެފިއެވެ.

ޓޯކްސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ރިއޯލާ ބުނީ ޕްރިމިއާ ލީގުގައި މަޑުކުރަން މިވަގުތު އަނިޔާގައި ހުރި އިބްރާހިމޮވިޗް ބޭނުންވާ ކަމަށާއި، އެހެންނަމަވެސް ޔުނައިޓެޑުގައި އޭނާ މަޑުކުރާނީ އެ ކްލަބަށް އޭނާގެ ބޭނުން ހިފޭނަމަކަމަށެވެ.

ޔުނައިޓެޑުގައި ކާމިޔާބުދުވަސްތަކެއް އިބްރާހިމޮވިޗް ހޭދަކޮށްފައިވާކަން ފާހަގަކުރަމުން ރިއޯލާ ބުނީ އަދި ކްލަބުން އޭނާ ބެހެއްޓުމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެންނަމަވެސް ރިއޯލާ ބުނީ ގިނަ ކްލަބްތަކުން އިބްރާހިމޮވިޗް ހޯދުމަށް ހުށަހެޅުންތައް ލިބެމުންދާޒ ކަމަށެވެ.

އެގޮތުން ރިއޯލާ ބުނީ އިބްރާހިމޮވިޗް ޔުނައިޓެޑުގައި މަޑުކުރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށާއި، އެކަމާ ގުޅިގެން ދެފަރާތުންވެސް ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ އިބްރާހިމޮވިޗް މިވަގުތު ބޭނުންވަނީ އަވަހަށް އަނިޔާއިން ރިކަވާ ވާންކަމަށެވެ.

ޔުނައިޓެޑާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާ އިބްރާހިމޮވިޗް އެންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗަކީ އޭނާ ޔުނައިޓެޑް ޖޯޒީގައި ކުޅުނު ފަހު މެޗަށްވުމަކީ ވެސް ވަރަށް ކައިރީގައި އޮތް ކަމެކެވެ.

އިބްރާހިމޮވިޗް ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށް ފަހު، މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ އެޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ހުރިހާ މުބާރާތެއްގައި އެޓީމަށް ޖުމްލަ 28 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިބްރާހިމޮވިޗް ހޯދަން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުންދާއިރު، އޭނާ އިތުރު އަހަރަކު ކްލަބުގައި ބެހެއްޓުމަށް ޔުނައިޓެޑުން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް