ކ. މާލެ
|
31 މެއި 2017 | ބުދަ 00:42
އާސެނަލްގެ ކޯޗު އާސެން ވެންގާ
އާސެނަލްގެ ކޯޗު އާސެން ވެންގާ
ޓްވިޓަރ
އާސެން ވެންގާ
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
ވެންގާ ވަނީ މި ސީޒަނުގައި އާސެނަލް އަށް އެފްއޭކަޕް ހޯދައިދީފައި

އަނެއްކާވެސް ވެންގާ އާސެނަލްގެ ކޯޗުގެ މަގާމުގައި ބެހެއްޓުމަށް އެ ކްލަބުން ނިންމައިފި ކަމަށް ގޯލްޑޮޓްކޮމް އިން ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ ގޯލްޑޮޓްކޮމް އިން ބުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަނެއްކާވެސް ވެންގާ އާސެނަލްގައި ބަހައްޓަން އެ ކްލަބުން ނިންމާފައިވާ ކަމަށާއި، މިގޮތަށް އާސެނަލްގެ ބޯޑުން ނިންމާފައިވަނީ ވެންގާ އާއި އާސެނަލްގެ މެޖޯރިޓީ ޝެއާ ހޯލްޑަރ ސްޓާން ކޮރެންކޭއާ އެކު ބޭއްވި ސިއްރު ބައްދަލުވުމަކަށްފަހު ކަމަށެވެ.

މީގެއިތުރުން ރިޕޯޓްތައް ބުނާގޮތުން ވެންގާ އާސެނަލްގައި މަޑުކުރާނެކަން އެ ކްލަބުން ބުދަ ދުވަހު ހާމަކުރާނެ ކަމަށާއި، އާސެނަލްގައި ވެންގާ ބަހައްޓަން ނިންމީ އެފްއޭކަޕުން ހޯދި ނަތީޖާއިން ކަމަށެވެ.

ވެންގާ ބުނީ އާސެނަލްގައި މަޑުކުރުމަށް ދުނިޔޭގެ ހުރިހާ ކްލަބަކަށް ކަހަލަ ގޮތަކަށް ނޫނެކޭ ބުނެވިއްޖެ ކަމަށެވެ. ނަމަވެސް އިތުރަށް މުސްތަޤްބަލަމެދު ގޮތެއް ނިންމާނީ އެފްއޭކަޕްގެ ފައިނަލް މެޗަށް ފަހުގައި ކަމަށް ވެންގާ ބުންޏެވެ.

ވެންގާ ބުނީ އޭނާގެ މަސައްކަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ. އޭނާ ބުނި ގޮތުގައި ޖެނުއަރީ މަހުން ފެށިގެން ކުރިމަތިލީ ވަރަށް ބޮޑު ޕްރެޝަރެއްގައި ހުރެއެވެ.

ފާއިތުވެދިޔަ 20 ސީޒަންގައި ޕްރެމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދަމުން އަންނަ އާސެނަލްއަށް މިފަހަރު ޖާގަ ނުލިބުމަކީ ވަރަށް ބޮޑު ވެއްޓުމެއްގެ ގޮތުގައި ވެންގާ ސިފަކުރެއެވެ.

އެގޮތުން ވެންގާ ބުނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލުމަކީ ބޮޑު ވެއްޓުމެއް ކަމަށެވެ.

ވެންގާ ބުނީ ގިނަ މެޗުތަކެއް ކުޅެންޖެހުނީ ވަރަށް ގޯސް މާހައުލެއްގައި ކުޅުންތެރިން ވެސް ޕްރެޝަރުގައި ތިބެގެން ކަމަށެވެ. އެހެންވެ ނަތީޖާ އެގޮތަށް އައުމަކީ އެކަށީގެންވާ ކަމަށެވެ.

ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމަކީ ބޮޑު ވެއްޓުމެއް ކަމަށް ވެންގާ އެއްބަސް ވިޔަސް އޭނާ އަމިއްލަ އަށް އާސެނަލް ދޫކޮށްލައިފި ނަމަ އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ވެންގާ ބުނެއެވެ.

އާސެނަލް ކޯޗުކަމާ 1996 ވަނަ އަހަރު ހަވާލުވުމަށް ފަހު ވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި ވެންގާ ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ތިން ފަހަރު އަދި ހަ ފަހަރު އެފްއޭ ކަޕް ހޯދައިދީފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް