ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 04:00
ފްރާންސްގައި ކޮވިޑް-19ށް ޓެސްޓްކުރާ ބޫތެއްގެ ތެރެއަށް މީހަކު ވަންނަނީ
ފްރާންސްގައި ކޮވިޑް-19ށް ޓެސްޓްކުރާ ބޫތެއްގެ ތެރެއަށް މީހަކު ވަންނަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
10 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރި ހަވަނަ ގައުމަކަށް ފްރާންސް
ފްރާންސުގައި ހޮނިހިރު ދުވަހު 219،126 މީހުންނަށް ވަނީ ކޮވިޑް ޖެހިފައި
ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވުރެ އިތުރު ފިޔަވަޅުތަކެއް ނާޅާ

ކޮވިޑް-19 ޕެންޑަމިކް ފެށުނު ފަހުން 10 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރި 6 ވަނަ ގައުމަކަށް ފްރާންސް ވެއްޖެއެވެ.

ފްރާންސުގައި ހޮނިހިރު ދުވަހު ވަނީ 219،126 މީހުންނަށް ކޮވިޑް ޖެހިފައެވެ. މިއާއެކު އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 10 މިލިއަނަށް އަރާފައެވެ. އެގައުމުގައި ދުވާލަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު ދެ ލައްކައިން މަތިން ރިޕޯޓްކުރަމުން އަންނަތާ މިއީ ޖެހިޖެހިގެން ހަތަރު ވަނަ ދުވަހެވެ.

ފްރާންސްގެ އިތުރުން ދެން 10 މިލިއަން މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމުތަކަކީ އެމެރިކާ، އިންޑިޔާ، ބްރެޒިލް، އިނގިރޭސިވިލާތް އަދި ރަޝިޔާއެވެ.

ފްރާންސްގައި މިފަހަކުން އަނެއްކާވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު އައު އަހަރާ ދިމާކޮށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ދެއްވި ޚިތާބުގައި ވަނީ ކުރިޔަށް އޮތް ހަފްތާތަކަކީ ފްރާންސަށް އުނދަގޫ ދުވަސްތަކަކަށް ވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވުރެ އިތުރު ފިޔަވަޅުތައް އަޅުއްވާނެކަމަށް މެކްރޮން ވިދާޅެއްނުވެއެވެ.

ފްރާންސް ސަރުކާރުން ވަނީ ހޯމަ ދުވަހުން ފެށިގެން ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން އަނެއްކާވެސް މަޖުބޫރުކޮށްފައެވެ. އަދި ބައެއް ބޮޑެތި ސިޓީތައް ކަމުގައިވާ ޕެރިސް ފަދަ ތަންތަނުގައި މަގުމަތީގައި އުޅޭއިރު މާސްކު އެޅުން ވަނީ އަލުން މަޖުބޫރުކޮށްފައެވެ.

- ކޮމެންޓް