ކ. މާލެ
|
30 މެއި 2017 | އަންގާރަ 22:09
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
ގޫގުލް
މެންޗެސްޓާ ސިޓީ
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
އަގުއޭރޯ ޔޫރަޕްގެ ކުލަބަކަށް ބަދަލުވެދާނެ ކަމުގެ އަޑުތަށް މީގެ ކުރިން ވަނީ ފެތުރިފައި
ސިޓީގެ ސްކޮޑުގައި އަގުއޭރޯ ހިމެނެން ޖެހޭ ކަމަށް ޗެއާމަން ވަނީ ބުނެފައި

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ޓީމު ދޫކޮށް ނުދާނެ ކަމަށާއި، އޭނާއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް އެކުލަބުގެ ޗެއާމަން ޙަލްދޫން އަލް މުބާރަކް ވިދާޅުވެއްޖެއެވެ.

 

އަގުއޭރޯ ޔޫރަޕުގެ ކުލަބަކަށް ބަދަލިވެދާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ކުލަބު ދޫކޮށްލަން ޖެހިދާނެ ކަމުގެ އިޝާރާތެއްވެސް ދީފައެވެ. އެގޮތުން ފެބްރުއަރީ މަހުގައި އޭނާ ދިން އިންޓަވިއު އެއްގައި އޭނާ ބުނަފައިވަނީ ކުލަބުން އޭނާއަށް އިތުރަށް ޖާގަ އޮތްތޯ ނުވަނަ ނޫންތޯ، ގޮތެއް ނިންމާނީ ކުލަބުގެ މެނޭޖްމަންޓުން ކަމަށެވެ. އެހިސާބުން ގިނަ ފަރާތްތަކަކުން ދިޔައީ އަގުއޭރޯގެ ކުރިމަގާމެދު ސުވާލު އުފައްދަމުންނެވެ.

 

ނަމަވެސް ދާދި ފަހުން އެކުލަބުގެ ވެއާމަން ހަލްދޫން އަލް ބަރަކާތު މީޑިއާތަކާ ވާހަކަ ދައްކަވަމަމުން ވިދާޅުވެފައިވަނީ، އަގުއޭރޯ ކުލަބު ދޫކޮށް ނުދާނެ ކަމަށާއި، ކުލަބުގައި އޭނާއަށް ޖާގަ އޮތްކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއްވެސް ނެތް ކަމަށެވެ. އަދި އޭނާ އަކީ ދުނިޔޭގައިހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، އެހެންކަމުން އޭނާ ދޫކޮށް ނުލާނެ ކަމަށްވެސް ޗެއާމަން ވިދާޅުވިއެވެ.

 

އިތުރަށް ވާހަކަ ދައްކަމުން ޙަލްދޫން އަލް މުބާރަކް ވިދާޅުވީ، އެކުލަބަކީ އަބަދުވެސް ކުޅޭ ހުރިހާ މުބާރާތެއްވެސް ކާމިޔާބުކުރުމުގެ އަޒުމުގައި ކުޅޭ ޓީމެއް ކަމުން، އަގުއޭރޯފަދަ ހުނަރުވެރި ކުޅުންތެރިއަކު ދޫކޮށް ނުލާނެ ކަމަށެވެ.

 

މިފަހަރުގެ ސީޒަނުގައި ސިޓީީގެ ކޯޗް ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އަގުއެރޯއަށް ފުރަތަމަ އެގާރައިން މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އަގުއޭރޯގެ ބަދަލުގައި އެމަގާމުން ބޮޑަށް ފެނިގެން ގޮސްފައިވަނީ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސަސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް