ކ. މާލެ
|
30 މެއި 2017 | އަންގާރަ 21:43
ޑޯޓްމަންޑްގެ ކޯޗު ޓުޗެލް
ޑޯޓްމަންޑްގެ ކޯޗު ޓުޗެލް
ޓްވިޓަރ
ޑޯޓްމަންޑް ކޯޗު
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
މި ސީޒަނުގައި ޓުޗެލް ވަނީ ޑޯޓްމަންޑަށް ޖަރުމަން ކަޕް ކާމިޔާބުކޮށްދީފައި
ޑޯޓްމަންޑް އިން ވަނީ ޓުޗެލް ދޫކޮށްލިކަން ކަށަވަރުކޮށްދީ ޓުވީޓްކޮށްފައި

ޖަރުމަންގެ ބްރޯޝިއާ ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި އެވެ.

ޑޯޓްމަންޑް އާއި ޓުޗެލް ހަދާފައިވާ އެއްބަސްވުން އުވާލާފައިވާ ކަން ކްލަބުން ކަށަވަރުކޮށްދީފައިވާއިރު، ޓުޗެލް އާއި ޑޯޓްމަންޑްގެ ކުޅުންތެރިން ދެމެދުގައި ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން ޓުޗެލްއާ މައްސަލަ ޖެހިފައިވަނީ ޓީމުގެ ކެޕްޓަން މާސެލް ޝުމެލްޒާ އާއި މާކޯ ރެއުސްއާ ކަމަށެވެ. އެގޮތުން އުމުރުން 43 އަހަރުގެ ޓުޗެލް ދޫކޮށްލަން ކްލަބުން ނިންމީ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނިމިގެންދިޔަ ހޮނިހިރު ދުވަހު ޓުޗެލްގެ އިރުޝާދުގެ ދަށުން ޑޯޓްމަންޑުން ވަނީ ޖަރުމަން ކަޕް އުފުލާލާފައެވެ. އެހެންނަމަވެސް އެޓީމަށް މިފަހަރު ބުންޑަސްލީގާގައި ލިބުނީ ތިންވަނަ އެވެ.

ޑޯޓްމަންޑްގެ ކޯޗުކަމުން ޔާގަން ކްލޮޕް ވަކިވުމާއެކު ޓުޗެލް އެ މަގާމާ ހަވާލުވީ 2015 ވަނަ އަހަރެވެ. ޓުޗެލް ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވި ސީޒަނުގައި ކްލޮޕްގެ އިރުޝާދުގެ ދަށުން އެޓީމަށް ލިބިފައިވަނީ ލީގުގެ ހަތްވަނައެވެ. އެހެންނަމަވެސް ޓުޗެލްގެ އިރުޝާދުގެ ދަށުން ޑޯޓްމަންޑް ކުޅުނު ފުރަތަމަ ސީޒަން ނިމުނީ ލީގުގެ ދެވަނައިގައެވެ.

ރިޕޯޓްތައް ބުނާގޮތުން ޓުޗެލް ދެން ހަވާލުވާނީ ބަޔާ ލެވަކޫސަންގެ ކޯޗުކަމާ އެވެ. އެގޮތުން އޭނާ އަންނަނީ އެ ކްލަބާއެކު މަޝްވަރާކުރަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކޮލޯންގެ ޕީޓާ ސްޓެޖާ ނުވަތަ ހޮފެންހަމްގެ ނަގެލްސްމަން ބަޔާންގެ ކޯޗުކަމަށް އަންނާނެ ކަމަށް ރިޕޯޓްތައް ވަނީ ބުނަން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް