ކ. މާލެ
|
30 މެއި 2017 | އަންގާރަ 00:52
ކްރިކެޓް ކާނިވަލް ގައި ހޯމަ ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން
ކްރިކެޓް ކާނިވަލް ގައި ހޯމަ ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން
ފޭސްބުކް
ރަމްޝާން ކްރިކެޓް ކާނިވަލް
އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި
ކޭޑީއެމްއިން މެޗު ކާމިޔާބުކުރީ އެމްއާރުޑީސީ އާއި ވާދަކޮށްގެން 21 ލަނޑުން
ވަންއޯވަން މެޗު ކާމިޔާބުކުރީ މެރިކާނޯ އާއި ބައްދަލުކޮށް 30 ލަނޑުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލްގައި ހޯމަ ދުވަހު ކުޅުނު މެޗުތަށް ކޭޑީއެމް އާއި ވަންއޯވަން ކާމިޔާބުކޮށްފިއެވެ.

 

ކޭޑީއެމް އިން މެޗް ކާމިޔާބުކުރީ އެމްއާރުޑީސީ އާއި ވާދަކޮށްގެން 21 ލަނޑުންނެވެ. މެޗުގައި ކޭޑީއެމް އިން ކުޅެންއަރައި 8 އޯވަރު ތެރޭގައި 4 ކުޅުންތެރުން ނުބައިވެގެން އެޓީމަށް ހެދުނީ 85 ލަނޑެވެ. ޖަވާބުގައި އެމް އާރުޑީސީއިން ކުޅެން އަރައި، 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދިފައިވަނީ އެންމެ 64 ލަނޑެވެ.

 

ހޯމަ ދުވަހު ކުޅުނު ދެވަނަ މެޗު ވަންއޯވަން ކާމިޔާބުކުރީ މެރިކާނޯ އާއި ބައްދަލުކޮށް 30 ލަނޑުންނެވެ. މެޗުގައި ފުރަތަމަ ކުޅެންއެރީ ވަންއޯވަންއެވެ. 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން އެޓީމުން ވަނީ 90 ލަނޑު ހަދާފައެވެ. ޖަވާބުގައި މެރިކާނޯ އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދިފައިވަނީ އެންމެ 60 ލަނޑެވެ.

 

މިކާނިވަލްގައި އަންގާރަ ދުވަހު ކުރިއަށް ދާނީ އޮފީސްތަކުގެ މުބާރާތުގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި ސިވިލް ސާވިސް ކޮމިޝަން އާއި ކަސްޓަމްސް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތީރިޓީ (މީރާ) އާއި ކްލަބް އިމިގްރޭޝަންއެވެ. މި މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ހަވީރު 16:00 ގައެވެ. މުބާރާތުގެ މެޗުތަށް ކުރިއަށް ދަނީ ކުޅިވަރު އެކުވެނީގެ އެއްނަމްބަރު ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް