ކ. މާލެ
|
29 މެއި 2017 | ހޯމަ 22:46
ފާއިތުވި އަހަރުގެ މުބާރާތުގެ ތެރެއިން
ފާއިތުވި އަހަރުގެ މުބާރާތުގެ ތެރެއިން
ފޭސްބުކް
ވެޓެރެންސް ކަޕް
ރަމަޟާން ވެޓެރެންސް ކަޕް އަންގާރަ ދުވަހު ފަށަނީ
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކިރާނީ ނިއު އާއި ވެލެންސިއާ
މިއީ މޯލްޑިވްސް ސޮކާ މޭޓްސް އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވާ މުބާރާތެއް

މޯލްޑިވްސް ސޮކާ މޭޓްސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު ކުރިއަށް ގެންދާ "ރަމަޟާން ވެޓެރެންސް ކަޕް" ފުޓުބޯޅަ މުބާރާތް އަންގާރަ ދުވަހު ހަވީރު ފެށުމަށް ނިންމައިފިއެވެ.

 

ޖުމްލަ 7 ޓީމު މިއަހަރުގެ މުބާރާތުގައި ވާދަކުރާއިރު، މިފަހަރުގެ މުބާރާތް ކުރިއަށް ހަމަޖެހިފައިވަނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ރަނަރަޕް ޓީމް ކަމަށްވާ ކްލަބް ވެލެންސިއާ ބައްދަލުކުރާ މެޗުންނެވެ.

 

މުބާރާތުގެ ގްރޫޕްތަށް ބެހިފައިވާ ގޮތަށް ބަލާއިރު، "ގްރޫޕް އޭ" ގައި ހިމެނެނީ، ނިއުރޭޑިއަންޓް ސްޕޯޓް ކުލަބާއި، ކްލަބް ވެލެންސިއާގެ އިތުރުން ކްލަބް އީގަލްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް އެކްރިއޭޝަންއެވެ.

 

"ގްރޫޕް ބީ" ގައި ހިމެނެނީ 3 ޓީމެވެ. އެއީ ދިވެހި ސިފައިންގެ ކުލަބާއި، ކްލަބް ގްރީން ސްޓްރީޓްގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިފަހަރުގެ މުބާރާތުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިނީ އެއްއޭއެމް 1 ނަމްބަރު ޓާފް ދަނޑުގައެވެ.

 

ރާއްޖޭގެ ކުރީގެ ފުޓުބޯޅަ ތަރިންގެ މެދުގައި ކޮންމެ އަހަރަކުވެސް ކުޅޭ މި މުބާރާތުގެ މިއަހަރު ކުރިއަށް ދާނީ މޭ 30 އިން ޖޫން މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް