ކ. މާލެ
|
29 މެއި 2017 | ހޯމަ 21:47
ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ
ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ
ގޯލް.ކޮމް
ޖޯން ޓެރީ
އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ
ޓެރީ ވަނީ ޗެލްސީއަށް 700 ވުރެ ގިނަ މެޗު ކުޅެދީފައި
ޓެރީ ޗެލްސީއަށް ކުޅެން ފަށާފައިވަނީ 1198 ވަނަ އަހަރު

އެނބުރި ވެމްބްލީ ސްޓޭޑިއަމް އަށް އަންނާނީ ކޯޗެއްގެ ގޮތުގައި ކަމަށް ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ބުނެފި އެވެ.

                                   

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޖުމްލަ 22 އަހަރަށްފަހު ދާދި ފަހުން ޗެލްސީ ދޫކޮށްލި ޓެރީ ބުނީ އޭނާ އެނބުރި ކައިރި މުސްތަގުބަލެއްގައި ވެމްބްލީ ސްޓޭޑިއަމުން ފެނިދާނެ ކަމަށާއި، އެހެންނަމަވެސް ދެން އޭނާ ފެންނާނީ ކޯޗެއްގެ ގޮތުގައި ކަމަށެވެ.

 

ޓެރީ ބުނީ މިދިޔަ އަހަރުއްސުރެ ކޯޗިންގެ ތެރެއަށް ވަންނަން ވިސްނަމުން އައިސްފައިވާ ކަމަށާއި، ކޮންމެފަހަރަކުވެސް ކޯޗިން ކެރިޔާ ފެށުމަށް ހިތަށްއަރާ އިރަށް އާއިލާ މަތިން ހަނދާންވާ ކަމަށެވެ. އެގޮތުން މިވަގުތު އާއިލާއަށް ވަގުތު ދޭން ބޭނުންވާކަމަށްވެސް ޓެރީ ވަނީ ބުނެފައެވެ.

 

މީގެއިތުރުން ކޯޗަކަށްވުމަށް ކެތްމަދުވެފައިހުރި ޓެރީ ބުނީ ވަރަށް ގިނަ ކަންތައްތައް ފާއިތުވެ ދިޔަ 22 އަހަރު ދަސްވެފައިވާ ކަމަށާއި، އެ އެއްޗެހި އިތުރު ބަޔަކަށް ކިޔާދޭން ބޭނުންވާ ކަމަށެވެ. އެގޮތުން ދެން އިތުރު މަސައްކަތެއް ފަށާނަމަ ފެންނާނީ ކޯޗެއް ގޮތުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

ޗެލްސީގެ ޖޫނިއަރ ޓީމުންފެށިގެން އެކުލަބާއިއެކު ޓެރީ ވަނީ ޖުމްލަ 22 އަހަރު ހޭދަކޮށްފައެވެ. ނޮޓިންގްހަމް ފޮރެސްޓަށް ލޯން އެއްބަސްވުމެއްގެ ދަށުން 2000 ވަނަ އަހަރު ދާންޖެހުނު ނަމަވެސް އެނޫން އެހެން ކުލަބަކަށް އޭނާ ކުޅެފައެއް ނުވެއެވެ.

 

ޗެލްސީގައި ހުނަރުން ފުރިފައިވާ ޒުވާން މޮޅެތި ކުޅުންތެރިން ތިބުމުން އެކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ޓެރީ ބުންޏެވެ.

 

ޗެލްސީއަށް 2000 ވަނަ އަހަރު ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޓެރީވަނީ އެޓީމަށް ޖުމްލަ 66 ލަނޑު ޖަހައިދީފައެވެ. އަދި ޗެލްސީ އާއި ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރަކީ ވެސް ޓެރީއެވެ.

 

ޗެލްސީއަށް ޓެރީ ކުޅުނު ޖުމްލަ 713 މެޗުގެ ތެރެއިން 578 މެޗު ކުޅެފައި ވަނީ ކެޕްޓަން ބޭންޑް އަޅައިގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް