ކ. މާލެ
|
29 މެއި 2017 | ހޯމަ 18:44
ރޯމާގެ ކެޕްޓަން ޓޮޓީ
ރޯމާގެ ކެޕްޓަން ޓޮޓީ
ޓްވިޓަރ
ޓޮޓީ ކުޅުން ހުއްޓާލުން
އެތައް ބަޔެއްގެ ލޯތްބާއެކު 25 އަހަރަށް ފަހު ޓޮޓީ ކުޅުން ހުއްޓާލައިފި
ރޯމާ ފިޔަވާ އިތުރު ކްލަބަކަށް ޓޮޓީ ނުކުޅޭ
ޓޮޓީ ވަނީ ރޯމާ އަށް 25 އަހަރު ކުޅެފައި

އެތައް ބަޔެއްގެ ލޯތްބާއެކު 25 އަހަރަށްފަހު ރޯމާގެ ލެޖެންޑް ފްރެންސިސް ޓޮޓީ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 40 އަހަރުގައި ޓޮޓީ ކުޅުން ހުއްޓާލާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ޖެނޯއާ އަތުން 2-3 ގެ ނަތީޖާއަކުން ރޯމާ މޮޅުވި މެޗުންނެވެ. އެ މެޗުން ހޯދި މޮޅާއެކު ރޯމާ ވަނީ ޗެމްޕިއަންސް ލީގެ އޮޓޮމެޓިކް ޖާގައެއް ކަށަވަރުކޮށްފައެވެ.

ރޯމާ އިން 1992 ވަނަ އަހަރު ކެރިޔަރު ފެށި ޓޮޓީ އިތުރު އެއްވެސް ޓީމަކަށް ކުޅެފައިނުވާއިރު، އޭނާ ވަނީ އެޓީމަށް ކުޅުނު 786 މެޗުގައި 307 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޯމާގައި ހޭދަކުރި 25 އަހަރު ތެރޭގައި ޓޮޓީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އިޓާލިއަން ކަޕް ދެފަހަރު، އިޓާލިއަން ސުޕާކަޕް ދެފަހަރު، އިޓާލިއަން ލީގު އެއްފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ރޯމާއާއެކު ލީގުގެ ދެވަނަ ނުވަ ފަހަރެއްގެ މަތިން ހޯދީ އިޓާލިއަން ކަޕްގެ ދެވަނަ ފަސް ފަހަރެއްގެ މަތިން އެ ޓީމާއެކު ހޯދާފައެވެ.

އިޓަލީ ގައުމީ ޓިމަށް ޓޮޓީ 58 މެޗު ކުޅެފައިވާއިރު، އޭނާ ވަނީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެޓީމާއެކު ފީފާ ވޯލްޑްކަޕް، 21 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ޓޮޓީ ކުޅުން ހުއްޓާލުމުން ކުރީގެ ލެޖެންޑުން އަދި ބައެއް މަޝްހޫރު ކުޅުންތެރިން ދަނީ އޭނާއަށް ހިތްވަރުދެމުންނެވެ. އެގޮތުން ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޑިއެގޯ މެރަޑޯނާ ބުނީ ޓޮޓީ ވެގެންދާނީ އޭނާ ހަޔާތުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް