ކ. މާލެ
|
29 މެއި 2017 | ހޯމަ 17:56
މާޒިޔާ ޓީމު ބެންގަލޫރަށް ފުރުމަށް ފްލައިޓުގައި
މާޒިޔާ ޓީމު ބެންގަލޫރަށް ފުރުމަށް ފްލައިޓުގައި
މާޒިޔާ ސްޕޯރޓްސް ކްލަބް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް: ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރަން މާޒިޔާ ބެންގަލޫރަށް ފުރައިފި
މާޒިޔާ އޮތީ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި
މެޗުން ބަލިވެގެން މާޒިޔާއަށް ދެވަނަ ބުރަށް ނުދެވޭނެ
މެޗު އެއްވަރުކޮށްގެން މަޒިޔާއަށް ދެވަނަ ބުރަށް ދެވޭނެ

އޭއެފްސީ ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންޑިއާގެ ބެންގަލޫރަށް ފުރައިފި އެވެ.

ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅޭ ފަހު މެޗަށް އެޓީމު ބެންގަލޫރަށް ފުރާފައިވާއިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ހިމެނެނީ ގްރޫޕް އީގައެވެ. ގްރޫޕް އީގައި މާޒިޔާ އާއި ބެންގަލޫރުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބާގަން އަދި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް އެވެ.

މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުގައި މިވީތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައެވެ. މާޒިޔާ ބަލިވީ ރާއްޖޭގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން އެކަނިއެވެ. އެ މެޗުންވެސް މާޒިޔާ ބަލިވީ އެންމެ ފަހުވަގުތު ބެންގަލޫރު ޖެހި ލަނޑުންނެވެ.

ގްރޫޕަށް ބަލާއިރު، މާޒިޔާ އޮތީ 12 ޕޮއިންޓާއެކު އެއްވަނައިގަ އެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު ބެންގަލޫރު އޮތްއިރު، ތިން ވަނައިގައި ހަ ޕޮއިންޓާއެކު އޮތީ މޯހަން ބާގަން އެވެ. ގްރޫޕްގެ ފުލުގައި ތިން ޕޮއިންޓާއެކު އޮތީ އަބަހާނީ އެވެ.

އޭއެފްސީކަޕްގެ ގަވާއިދަށާއި އޮނިގަނޑަށް ގެނައި ބަދަލުތަކާއި ގުޅިގެން މިއަހަރުން ފެށިގެން ދެވަނަ ބުރަށް ދަތުރުކުރަނީ ގުރޫޕުގެ އެއްވަނައަށް ދާ ޓީމު އެކަނިއެވެ. މީގެއިތުރުން ޕޮއިންޓްގެ ގޮތުން ދެޓީމު އެއްވަރުވެއްޖެ ނަމަ ނަތީޖާ ކަނޑައަޅާނީ ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗަށް ބަލާފައެވެ. ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗު އެއްވަރުވެއްޖެ ނަމަ ދެން ބަލާނީ ލަނޑުގެ ތަފާތަށެވެ.

ލަނޑުގެ ތަފާތަށް ބަލާއިރު، މާޒިޔާ ވަނީ ހަ ލަނޑުގެ ތަފާތެއް ހޯދާފައެވެ. ބެންގަލޫރަށް ބަލާއިރު، އެޓީމަށް އެންމެ ފައިދާ ލަނޑެއްވެސް ލިބިފައެއް ނުވެއެވެ. އެގޮތުން މާޒިޔާއަށް ދެވަނަ ބުރަށް ދަތުރުކުރުމުގައި އޮތީ ބެންގަލޫރު އެފްސީ ބަލިކޮށްގެން ނުވަތަ މެޗު އެއްވަރުކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް