ކ. މާލެ
|
12 ޑިސެންބަރ 2021 | އާދީއްތަ 22:33
ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ ހަނދާނުގައި ހަދާފައިވާ ސަރަހައްދު
ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ ހަނދާނުގައި ހަދާފައިވާ ސަރަހައްދު
ރޮއިޓަރސް
ކޮވިޑް-19، އެމެރިކާގެ ހާލަތު
ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު 800،000ށް
2020 ވަނަ އަހަރަށްވުރެ، މިއަހަރު ކޮވިޑް ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައި
ޕެންޑަމިކް ފެށުނުފަހުން އެމެރިކާގައި މަރުވި މީހުންގެ ތެރެއިން 57 އިންސައްތަ މީހުންނަކީ ކޮވިޑް ޖެހިގެން މަރުވި މީހުން

ކޮވިޑް-19ގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު 800،000 (އަށްލައްކަ)ށް އަރައިފިއެވެ.

އެގައުމުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 8 ލައްކައަށް އަރާފައިވާއިރު، ފިނި މޫސުމާ ދިމާކޮށް ވައިރަސްފެތުރޭ މިންވަރު އިތުރުވެ، އޮމިކްރޯން ވޭރިއަންޓްގެ ބިރުވެރިކަންވެސް އެގައުމަށް ވަނީ ކުރިމަތިވެފައެވެ. ކޮވިޑް ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ މި އަދަދަކީ، ނޯތު ޑަކޯޓާގެ މުޅި ޖުމްލަ އާބާދީގެ އަދަދެވެ.

އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ލިބުމާއި ވެކްސިން ޖަހާފައިވުމާއެކުވެސް 2020 ވަނަ އަހަރަށްވުރެ މިއަހަރު ކޮވިޑް ޖެހިގެން އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެއީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބައެއް މީހުން ވެކްސިން ޖެހުމާ ދެކޮޅު ހެދުމުގެ ސަބަބުންކަމަށް މާހިރުން ބުނެއެވެ.

މިއަހަރު ފެށުނުއިރު އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ހުރީ 450،000ގައެވެ. އަދި މިޕެންޑަމިކް ފެށުނުފަހުން އެމެރިކާގައި މަރުވި މީހުންގެ ތެރެއިން 57 އިންސައްތަ މީހުންނަކީ ކޮވިޑް ޖެހިގެން މަރުވި މީހުންނެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި، މިއަހަރު މަރުވި ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 6 ލައްކައިން 7 ލައްކައަށް އަރާފައިވަނީ 111 ދުވަހުގެ ތެރޭގައެވެ. އިތުރު އެއް ލައްކަ މީހުން މަރުވެފައިވަނީ 73 ދުވަސްތެރޭގައެވެ.

ރޮއިޓަރސްއިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ ނޫން އެހެން ގައުމުތަކުގައި ފާއިތުވި 11 މަސްދުވަހު މަރުވި މީހުންގެ އަދަދު ޕާރ ކެޕިޓަރ އާ ބަލާއިރު މަދެވެ. ޖީ7ގެ ގައުމުތަކުގެ ޕާ ކެޕިޓަރއަށް ބަލާއިރު އެންމެ ހާލަތު ގޯސް ގައުމަކީ އެމެރިކާއެވެ.

ކެނެޑާއާ އަޅާކިޔާއިރު އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 3 ގުނަ މަތީގައެވެ. ޖަޕާނަށްވުރެ 11 ގުނަ މަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް