ކ. މާލެ
|
8 ޑިސެންބަރ 2021 | ބުދަ 16:13
އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރު ވެއްޓުން
އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރު ވެއްޓުން
ބީބީސީ
އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓުން
އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އިންނެވި ހެލިކޮޕްޓަރެއް ވެއްޓި 4 މީހަކު މަރުވެއްޖެ
މި ހާދިސާގައި 4 މީހަކު ވަނީ މަރުވެފައި
3 މީހެއް ވަނީ ސަލާމަތްކުރެވިފައި
ޗީފްގެ ހާލުކޮޅު އަދި ސާފެއް ނޫން

އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އިންނެވި ހެލިކޮޕްޓަރެއް ވެއްޓި 4 މީހަކު މަރުވެއްޖެއެވެ.

ސީއެންއެންގައި ބުނެފައިވަނީ އިންޑިއާގެ އެއަރފޯސްގެ ހެލިކޮޕްޓަރެއް ބުދަ ދުވަހު ވެއްޓިފައިވާ ކަމަށާއި، އޭގައި އިންޑިއާގެ އަސްކަރިއްޔާގެ އިސް ފަރާތްތައް ތިބި ކަމަށެވެ. މި ހާދިސާގައި މިހާތަނަށް 4 މީހަކު ވަނީ މަރުވެފައެވެ.

ވެއްޓުނު ހެލިކޮޕްޓަރުގައި ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވަތް އިންނެވިކަމަށް ރިޕޯޓްތައް ބުނެއެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު އެ ދަތުރުކުރަމުންދިޔައީ ސުލޫރ އަވަށުން ޓަމިލްނާޑޫގެ ވެލިންގްޓަނަށެވެ. އިންޑިއާގެ އެއަރފޯސްއިން ބުނެފައިވަނީ ޗީފް އޮފް ޑިފެންސް ސްޓާފްގެ ހާލުކޮޅު ސާފެއް ނޫން ކަމަށެވެ.  

މީގެ އިތުރުން ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބެއް އަދި އޭގައި ދަތުރުކުރަމުންދިޔަ މީހުންގެ މައުލޫމާތު ސާފެއް ނޫން ކަމަށް ސީއެންއެންގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް 4 މީހެއްގެ ހަށިގަނޑު ބޯޓު ވެއްޓުނު ސަރަހައްދުން ވަނީ ފެނިފައެވެ. މީގެ އިތުރުން 3 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށާއި، އެމީހުންނަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބޯޓު ވެއްޓުނު ހާދިސާ ވަގުތުން ތަހުގީގުކުރުމަށް އިންޑިއާގެ އެއަރފޯސް އިން ވަނީ އަމުރުނެރެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މައުމޫން ސަލީމް
- ކޮމެންޓް