ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 16:10
ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ)
ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ)
ރާއްޖެއެމްވީ
މާލޭ ލީގު
ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ
ގްރީން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ މޮޅުވެފައި
ހުރިހާ ކްރެޑިޓެއް ދޭން ބޭނުންވަނީ ކުޅުންތެރިންނަށް
ކުރިޔަށް އޮތް 20 ދުވަހު ހަމަޖެހިގެން މާލެ ތެރޭ އުޅެވޭނެ

ރޯދަ މަހާ ކުރިމަތިލާން ޖެހުނީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި، ހުރިހާ ޝުކުރެއްވެސް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފި އެވެ.

ނިއު އަތުން ގްރީން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ސޮބާ ބުނީ ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން ވިކްޓްރީ މޮޅުވުމާއެކު އެޓީމު ވަނީ ގްރީންއާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށްފައި ކަމަށާއި، އެހެންނަމަވެސް ނިއު މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުންތެރިންގެ މޯޓިވޭޝަނަށްވެސް ބަދަލު އަންނާނެ ކަމަށެވެ.

ސޮބާ ބުނީ ބޮޑު ބްރޭކަކަށް މާލޭ ލީގު ދާއިރު، ކުރިޔަށް އޮތް 20 ދުވަހަކީ މާލެ ތެރޭގައި ހަމަޖެހިގެން އުޅެލަން ލިބޭނެ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ ރޯދަމަހާ އޭނާ ކުރިމަތިލަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި، ސީޒަން އޮތް ގޮތަށް ބަލާއިރު، އަޅުކަމައިގެންވެސް އުޅޭނެކަމަށެވެ.

މީގެއިތުރުން ކުޅުންތެރިންނަށް ތައުރީފްކުރަމުން ސޮބާ ބުނީ އޭނާގެ ގޭމް ޕްލޭނާ އެއްގޮތަށް ކުޅުންތެރިން ދަނޑުމަތީގައި ދައްކާފައިވަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. ޓީސީ މެޗަށްފަހު ހުރިހާ ކުޅުންތެރިންވެސް ވިސްނުން ހުރީ ނިއު މެޗަށް ކަމަށާއި، މި ނަތީޖާ ނެރެވުނީ ޖުމްލަކޮށް ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.

ސީޒަން ފެށިގެން މިއަދާ ހަމައަށް ގްރީން އިން ވެސް ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ބޭނުމަކީ ގްރީން އަދި އޭނާއާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރަން ކަމަށެވެ.

ނިއުގެ މިހާރު އޮތް ޓީމުގެ ސްޓްރެންތް ވެސް އެނގޭ ކަމަށާއި، ޓީމުގެ ވަކި ވަކި ކުޅުންތެރިން ދަންނަ ކަމަށް ސޮބާ ވަނީ ބުނެފަވެ. މީގެއިތުރުން އޭނާ ބުނީ އެ ކުޅުންތެރިންގެ ތެރެއިން ރަނގަޅު ކުޅުމެއް ދައްކާނީ ކޮން ކުޅުންތެރިޔެއްކަންވެސް އެނގޭކަމަށާއި، ނިއުއާ ދެކޮޅަށް ނިކުތީ އެވަރު އެނގިގެންކަމަށެވެ.

މާލޭ ލީގުގައި ގްރީން ނުވަ މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ ފަސް މެޗުންނެވެ. ބާކީ ދެ މެޗުން އެއްވަރުވިއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް