ކ. މާލެ
|
15 ނޮވެންބަރ 2021 | ހޯމަ 08:49
އެމެރިކާގައި މާބަނޑު މީހަކަށް ކޮވިޑް ވެކްސިން ޖަހަނީ
އެމެރިކާގައި މާބަނޑު މީހަކަށް ކޮވިޑް ވެކްސިން ޖަހަނީ
ރޮއިޓަރސް
އެމެރިކާގެ ވެކްސިން ޕްރޮގްރާމް
އެމެރިކާއިން 440 މިލިއަން ޑޯޒްގެ ވެކްސިން ޖަހައިފި
226 މިލިއަނަށްވުރެ ގިނަ މީހުން އެއް ޑޯޒް ވެކްސިން ޖަހާފައިވޭ
195 މިލިއަން މީހުން ވަނީ ވެކްސިންގެ ދެ ޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފައި

އެމެރިކާގައި ވެކްސިންޖެހުމުގެ ބޮޑު ހަރަކާތުގެ ތެރެއިން މިހާތަނަށް 440 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ޖަހައިފިއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލްއިން ބުނީ މިހާތަނަށް އެގައުމުގެ އެކި ހިސާބުތަކުގައި 440،559،613 (ހަތަރުސަތޭކަ ސާޅީސް މިލިއަން ފަސްލައްކަ ފަންސާސް ނުވަހާސް ހަސަތޭކަ ތޭރަ) ޑޯޒްގެ ވެކްސިން ޖަހާފައިވާ ކަމަށާއި، މިއީ އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް ލިބިފައިވާ ތަފާސް ހިސާބު ކަމަށެވެ.

ސީޑީސީން ބުނެފައިވަނީ 226 މިލިއަނަށްވުރެ ގިނަ މީހުން އެއް ޑޯޒް ވެކްސިން ވަނީ ޖަހާފައެވެ. އަދި 195 މިލިއަން މީހުން ވަނީ ވެކްސިންގެ ދެ ޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފައެވެ.

އެމެރިކާގައި ޖަހަމުން އަންނަނީ މޮޑާނާ، ފައިޒާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނެވެ.

މީގެ އިތުރުން އެމެރިކާގެ 29.3 މިލިއަން މީހުން ވަނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައެވެ. ބޫސްޓަރ ޑޯޒްގެ ގޮތުގައި ޖަހަމުން އަންނަނީ ފައިޒާ، މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނެވެ. ފައިޒާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހަމުން ދަނިކޮށް މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ހުއްދަ އެމެރިކާގައި ދީފައިވަނި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް