ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 16:53
ސައުތު އެފްރިކާގެ ކުރީގެ ރައީސް ޑި ކްލަރކް
ސައުތު އެފްރިކާގެ ކުރީގެ ރައީސް ޑި ކްލަރކް
-
ޑި ކްލަރކް އަވަހާރަވުން
ސައުތު އެފްރިކާގެ ކުރީގެ ރައީސް ޑި ކްލަރކް އަވަހާރަވެއްޖެ
އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި
ކްލަރކްއަކީ އެޤައުމުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ނުކުމެވަޑައިގެން، ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ ވެރިކަން ނިމުމަކަށް ގެންނެވި ލީޑަރު

ސައުތު އެފްރިކާގެ ކުރީގެ ރައީސް އެފް ޑަބްލިއު ޑި ކްލަރކް އަވަހާރަވެއްޖެއެވެ.

ކްލަރކް އަވަހާރަވީ ބުރާސްފަތި ދުވަހުގެ ހެނދުނު އޭނާގެ ގެކޮޅުގައެވެ. އުމުރުފުޅުން 85 އަހަރުގެ ކްލަރކް އަވަހާރަވީ، މިއަހަރުގެ ޖޫން މަހުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ސައުތު އެފްރިކާގައި 1989ން 1994ށް ވެރިކަން ކުރެއްވި ކްލަރކްއަކީ އެޤައުމުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ނުކުމެވަޑައިގެން، ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ ވެރިކަން ނިމުމަކަށް ގެންނެވި ލީޑަރެވެ. އަދި އޭގެ ފަހުން ކްލަރކް ވަނީ ނެލްސަން މަންޑޭލާ ޖަލުން މިނިވަންކުރައްވާފައެވެ. މަންޑޭލާއަށް ރައީސް ކަމުގެ ފަތްކޮޅު އެރުއްވީވެސް ކްލަރކްއެވެ.

ކްލަރކްގެ ޖަނާޒާ އޮންނާނެ އިރެއް އޭނާގެ އާއިލާއިން އަދި ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް