ކ. މާލެ
|
26 މެއި 2017 | ހުކުރު 19:18
މިސީޒަނުގައި ހަލް ސިޓީއަށް ކޯޗްކޮށްދިން މާކޯ ސިލްވާ
މިސީޒަނުގައި ހަލް ސިޓީއަށް ކޯޗްކޮށްދިން މާކޯ ސިލްވާ
ސްކައި ނިއުސް
ކްރިސްޓަލް ޕެލަސް
ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ
ހަލް ސިޓީގެ ކަމުން ސިލްވާ އިސްތިއުފާ ދީފައިވާކަން އެކުލަބުން ކަށަވަރު ކޮށްދީފައި ވަނީ ބުރާސްފަތި ދުވަހު
ސިލްވާ ހޯދުމަށް ވްޓްފޯޑް އާއި ޕޯޓޯ އިން އަންނަނީ މަސައްކަތް ކުރަމުން

މިސީޒަނުގައި ހަލް ސިޓީއަށް ކޯޗްކަން ކޮށްދިން މާކޯ ސިލްވާއާ އެކު ކްރިސްޓަލް ޕެލަސްއިން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހަލް ސިޓީގެ ކޯޗުކަމުން ސިލްވާ އިސްތިއުފާ ދީފައިވާކަން އެކުލަބުން ކަށަވަރު ކޮށްދީފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް މިހާރު އޭނާ ވަނީ މިސީޒަނުގައި ޕްރެމިއާ ލީގުން ރެލިގޭޓް ވެފައިވާ ކްރިސްޓާލް މެލަސްއާ އެކު މަޝްވަރާތައް ފަށައިފައެވެ.

ވަޓްފޯޑް އާއި ޕޯޓޯއިން ވެސް ސިލްވާ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ކްރިސްޓަލް ޕެލަސްއާއެކު ސިލްވާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ބޭރުގެ ބޮޑެތި މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

ކްރިސްޓަލް ޕެލަސްގެ ކޯޗުކަމުގެ މަގާމު ގުސްވެފައި ވަނީ، މި ސީޒަނުގައި އެޓީމަށް ކޯޗުކޮށްދިން ސޭމް އެލަޑީސް އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދިނުމުންނެވެ.

ސިލްވާއާ ބެހޭ ގޮތުން ހަލް ސިޓީން މީގެ ކުރިން ބުނެފައި ވަނީ، އޭނާއަށް ކުލަބުގައި މަޑުކުރަން ފުރުސަތު ދިނުން ކަމަށާއި ނަމަވެސް އޭނާ ބޭނުންވީ ހަލް އަށްވުރެ ބޮޑު ކުލަބަކަށް ބަދަލުވާން ކަމަށެވެ. އެގޮތުން އެޓީމުގެ ވައިސް ޗެއާމަން ބުނެފައިވަނީ، ސިލްވާ އަށް ހަލްގައި މަޑުކުރުމަށް ފުރުސަތުދިން ކަމަށާއި، ނަމަވެސް އޭނާ ބޭނުންވީ، ޕްރެމިއާ ލީގުގެ ބޮށު ކުލަބެއް ނުވަތަ ޔޫރަޕްގެ ބޮޑު ކުލަބަކަށް ބަދަލުވާ ކަމަށް ވެސް ހަލްގެ ވައިސް ޗެއާމަން ވަނީބުނެފައެވެ.

ޕްރެމިއާ ލީގުން ހަލް ސިޓީ ވެސް ރެލިގޭޓް ވެފައި ވާއިރު، ސިލްވާއާ އެކު މަޝަވަރާ ކުރަމުން އަންނަ ކްރިޝްޓަލް ޕެލަސް ވެސް އަންނަ ސީޒަނުގައި ވާދަކުރާނީ ހަލް ސިޓީއާ އެކު ޗެމްޕިއަންޝިޕްގައެވެ.

ހަލް ސިޓީއަށް ފަސް މަސް ދުވަހު ސިލްވާ ކޯޗުކަން ކޮށްދީފައި ވާއިރު، އޭނާގެ ކޯޗު ކަމުގެ ދަށުން އެޓީމު ކުޅުނު 22 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައި ވަނީ އެންމެ 8 މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް