ކ. މާލެ
|
9 ނޮވެންބަރ 2021 | އަންގާރަ 17:16
ޕާކިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ޓީޓީޕީ ގްރޫޕްގެ ހަނގުރާމަވެރިން
ޕާކިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ޓީޓީޕީ ގްރޫޕްގެ ހަނގުރާމަވެރިން
އޭއެފްޕީ
ޕާކިސްތާން
ޕާކިސްތާނުން ޠާލިބާނުންނާއެކު މަޝްވަރާތައް ފަށައިފި
ޓީޓީޕީއާއެކު މަޝްވަރާ ފެށުމަށް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން މުހިންމު ދައުރެއް އަދާކުރި
ޕާކިސްތާނުގައި އެއްވެސް ހަމަލާއެއް ނުދޭން ޠާލިބާނުން ވަނީ އެއްބަސްވެފައި

ޕާކިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާނުންނާއެކު އެގައުމުގެ ސަރުކާރުން މަޝްވަރާތައް ފަށާފައިވާ ކަމަށް އިންފޮމޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އިންފޮމޭޝަން މިނިސްޓަރު ފަވާދް ޗައުދަރީ ވިދާޅުވީ, ޕާކިސްތާނުގައި ހަރަކާތްތެރިވާ ތެހްރީކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)އާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި، މި މަޝްވަރާތަކުގައި އެއްވެސް ހަމަލާއެއް ޕާކިސްތާނުގައި ނުދޭން ޠާލިބާނުން އެއްބަސްވެފައިވާ ކަމަށެވެ.

ޓީޓީޕީއަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާން ޖަމާޢަތުގެ ބްރާންޗެކެވެ. ޓީޓީޕީގެ ގިނަ މެމްބަރުން މިވަގުތު ހަރަކާތްތެރިވަމުން އަންނަނީ އަފްޣާނިސްތާނުގައެވެ.

2007 ވަނަ އަހަރު އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައަށް ތާއީދުކުރާ ކަމަށް ޕާކިސްތާނުން ބުނުމާއެކު, ޓީޓީޕީއިން ވަނީ ޕާކިސްތާނުގައި ގިނަ ހަމަނުޖެހުންތަކެއް ހިންގާފައެވެ.

ޓީޓީޕީއަކީ ޕާކިސްތާނުގައި މަނާކޮށްފައިވާ ގްރޫޕެކެވެ. އެހެންނަމަވެސް ޗައުދަރީ ވިދާޅުވީ އެ ގްރޫޕާއެކު މަޝްވަރާކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ޗައުދަރީ ވިދާޅުވީ ޓީޓީޕީއާއެކު މަޝްވަރާ ފެށުމަށް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން މުހިންމު ދައުރެއް އަދާކުރިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް