ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 21:44
ފަގީރު ގައުމުތަކަށް އެހީވުމަށް ވައުދުވިނަމަވެސް، އެފައިސާ ޚަރަދުކުރާނެ ވަކިވަކި ގައުމުތަކެއް އަދި ހާމައެއްނުކުރޭ
ފަގީރު ގައުމުތަކަށް އެހީވުމަށް ވައުދުވިނަމަވެސް، އެފައިސާ ޚަރަދުކުރާނެ ވަކިވަކި ގައުމުތަކެއް އަދި ހާމައެއްނުކުރޭ
ބީބީސީ
ކޮޕް26 ކޮންފަރެންސް
ކޮޕް26: އިނގިރޭސިވިލާތުން ފަގީރު ގައުމުތަކަށް 390 މިލިއަން ޑޮލަރު ދިނުމަށް ވައުދުވެއްޖެ
މޫސުމީ ބަދަލާ ގުޅިގެން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ފަންޑު ދޭނެ ގޮތްތަކާ ގުޅޭގޮތުން އަންނަނީ މަޝްވަރާތައް ކުރަމުން
އިނގިރޭސިވިލާތުން އެހީދޭނީ އޭޝިޔާ އަދި ޕެސިފިކް ގައުމުތަކަށް

މޫސުމީ ބަދަލުތަކާއެކު ކުރާ އަސަރުތަކާ ގުޅިގެން، ފަގީރު ގައުމުތަކަށް 390 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އިނގިރޭސިވިލާތުން ވައުދުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ކޮޕް26 ސަމިޓްގެ ތެރޭގައި އިނގިރޭސިވިލާތުން ފަގީރު ގައުމުތަކަށް އެހީވުމަށް ވައުދުވެފައިވާއިރު, މޫސުމީ ބަދަލުތަކާ ގުޅިގެން ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި އަންނަނީ ވާހަކަތައް ދެކެވެމުންނެވެ.

އެގޮތުން ފަގީރު ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި މޫސުމީ ބަދަލާ ގުޅިގެން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ފަންޑުދޭނެ ގޮތްތަކާ ގުޅޭގޮތުން އަންނަނީ މަޝްވަރާތައް ކުރެވެމުންނެވެ.

ފަގީރުގައުމުތަކުން މިހާރުވެސް އަންނަނީ, މުއްސަނދި ގައުމުތަކުން ކުރިން ވައުދުވިގޮތަށް އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް ގޮވާލަމުންނެވެ. މުއްސަނދި ގައުމުތަކުން ތަރައްގީގެ ނަމުގައި ކުރަމުން އަންނަ ކަންކަމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރަމުންދަނީ ފަގީރު ގައުމުތަކަށް ކަމަށް އެގައުމުތަކުން އަންނަނީ ބުނަމުންނެވެ.

އިނގިރޭސިވިލާތުން އެހީދޭނީ އޭޝިޔާ އަދި ޕެސިފިކްގެ ގައުމުތަކަށެވެ. އެގޮތުން އެގައުމުތަކުގެ ކްލައިމެޓް އެކްޝަންއާއި ލޯ-ކާރބަންއަށް ކުރާ ހޭދަތަކަށް މިފައިސާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.

ކޮޕް26 ކޮންފަރެންސް ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާއިރު, ހޯމަ ދުވަހުން ފެށިގެން ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދުނިޔެ ހޫނުވުމުން ކުރާ އަސަރުތައް, ވަކިން ޚާއްސަކޮށް ފަގީރު ގައުމުތަކަށް ކުރާ އަސަރުތަކާ ގުޅޭގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް