ކ. މާލެ
|
26 މެއި 2017 | ހުކުރު 00:49
މާލެ ލީގުގެ މެޗަކަށްފަހު ބޭއްވި ނޫވްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މާލެ ލީގުގެ މެޗަކަށްފަހު ބޭއްވި ނޫވްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ާމާލޭ ލީގު
ޓީސީ މޮޅުވީކީ ނޫން، ވެލެންސިއާ ބަލިވީ: ފެސްކޯ
ވެލެންސިއާ އާއި ޓީސީގެ ކުރިމަތިލުން ޓީސީއިން ކާމިޔާބުކުރީ 6-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ވެލެންސިއާ މޮޅުވެފައެއް ނުވޭ

ކޮންމެ އިބާރާތަކުން ބުނި ކަމުގައިވިޔަސް ހަގީގަތް ބަދަލެއް ނުކުރެވޭނެ ކަމަށާއި، ހަގިގަތަކީ 6-3 އިން ވެލެންސިއާ ބަލިވީ ކަމަށާއި،ޓީސީ މޮޅުވީ ނޫން ކަމަށް ވެލެސްއާގެ ކޯޗް އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައި ޓިސީއަތުން 6-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެލެންސިއާ ބަލިވި މެޗަށްފަހު ނޫށްވެރިންނާއި ވާހަކަ ދައްކަމުން ފެސްކޯ ބުނީ، މިކަހަލަ މެޗަކުން ބަލިވެގެން ފައިބަން ޖެހުމުން ހިތްހަމަ ނުޖެހޭ ކަމަށާއި، ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފު ބޯ ވިއްސާރާގައި ކުޅެން ޖެހުމުން ދަނޑުގެ ކޮންޑިޝަން ގޯސްވި ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް އުނދަގޫ ވިކަމަށް ފެސްކޯ ބުންޏެވެ. އެގޮތުން މެޗުގެ ކުޅުން ފެށުނީއްސުރެ ބޯޅަ ރަނގަޅަށް ކުރިއަށް ނުދާ ކަމަށާއި، ދަނޑުގެ ޕިޗް ކޮންޑިޝަން އެހާ ގޯސްކޮށް އޮތް އިރުގައިވެސް ކުޅުން ކުރިއަށް ގެންދާނީތޯ މެޗުގެ އޮފިޝަލުންނާއި ސުވާލު ކުރި ކަމަށްވެސް ފެސްކޯ ބުންޏެވެ. ނަމަވެސް ރެފްރީއަށް މެޗު ކުރިއަށް ގެންދިއުމަށް ފެނުމުން އެގޮތަށް ކުޅުން ކުރިއަށް ގެންދިޔައީ ކަމަށާއި، އޭގެ ނަތީޖާ ފުރަތަމަ ދެ ގޯލުންވެސް ހާމަވެގެން ދިޔަ ކަމަށް ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ މެޗު ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް ރެފްރީގެ މައްސަލަ ޖައްސަން އޭނާ ބޭނުން ނުވާ ކަމަށާއި، މެޗު ތެރޭގައި ޝަކުވާ ކުރި ނަމަވެސް މެޗު ނިމުމަށްފަހު ރެފްރީގެ ކުށް ދައްކައި ޝަކުވާ ކުރަން ބޭނުން ނޫން ކަމަށް ފެސްކޯ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ފެސްކޯ ބުނީ، ވެލެންސިއާ އަކި ބޯޅަ ތިރިކޮށްގެން ޓެކްނިކަލް ފުޓުބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި، ނަމަވެސް ދަނޑުގެ ކޮންޑިޝަން ހުރި ގޮތުން މޮޅުވާން އޮތީ ބާރަށް ބޯޅަ ޖަހާ ޓީމުކަމުން، ވެލެންސިއާއަށް ޓީމުގެ ސްޓައިލުގައި ނުކުޅެވުނު ކަމަށެވެ. އެހެކަމުން ހަގީގަތަށް ބުނާނަމަ ޓީސީ މޮޅުވީއޭ ބުނަން ބޭނުން ނޫން ކަމަށާއި، ހަގީ ގަތަކީ ވެލެންސިއާ ބަލިވުން ކަމަށް ފެސްކޯ ބުންޏެވެ.

މާލެ ލީގުގައި ރޯދައިގެ ކުރިން ޓީސީ އަށް އަދި ވެލެންސިއާއަށް ކުޅެން ހުރި ހުރިހާ މެޗެއް ކުޅެ ނިމިފައި ވާއިރު، ވެލެލންސިއާ މިހާތަނަށް ލީގުގައ ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެޓީމު އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ އެންމެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް