ކ. މާލެ
|
26 މެއި 2017 | ހުކުރު 00:08
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)
ރާއްޖެއެމްވީ
މާލޭ ލީގު
މި ވަގުތު ބޭނުންވި ތިން ޕޮއިންޓް ލިބުމުގެ އިތުރުން ސްކޯރިން ރޭޓް ރަނގަޅުވީމަ ހިތްހަމަޖެހޭ:ނިޒާމްބެ
ޓީސީ ވަނީ އެޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައި

ޓީސީ ސްޕޯޓްސް ކްލަބަށް މިވަގުތު ބޭނުންވާ ތިން ޕޮއިންޓް ލިބުމުގެ އިތުރުން ސްކޯރިން ރޭޓް ރަނގަޅުވުމުން ހިތްހަމަޖެހޭ ކަމަށް އެ ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ވެލެންސިއާ އަތުން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ނިޒާމްބެ ބުނީ ބޭނުންވާ ތިން ޕޮއިންޓާއެކު ރަނގަޅު ލީޑަކާއެކު މެޗު ނިންމާލެވުމުން އަދި ސްކޯރިން ރޭޓް ރަނގަޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ.

ނިޒާމްބެ ބުނީ ފުރަތަމަ ހާފް ދިޔައީ ވަރަށް އުނދަގޫކޮށް ކަމަށާއި، އެހެންނަމަވެސް ދެވަނަ ހާފްގައި މެޗު ޑޮމިނޭޓްކޮށްގެން ވަރަށް ރަނގަޅު ކުޅުމެއް ކުޅުންތެރިން ދައްކާފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ ފުރަތަމަ ހާފް ދިޔައީ ދެޓީމަށްވެސް އުނދަގޫކޮށް ކަމަށާއި، ފުރަތަމަ ހާފްގެ ލަނޑުތައް ކައުންޓުކޮށްގެން ނުވާނެއޭ ބުންޏަސް ރަނގަޅުވާނެ ކަމަށެވެ.

މީގެކުރިން ބަންގްލަދޭޝްގައި މޫސުން ގޯސްކޮށް އޮއްވާ މެޗެއް ކުޅެފައިވާ ކަން ފާހަގަކުރަމުން ނިޒާމްބެ ބުނީ އެފަހަރު ޓީސީ ކުޅުނީ ރާއްޖޭގައި އޮތްފަދަ ޕިޗެއްގައި ނޫން ކަމަށާއި، އެހެންނަމަވެސް މޫސުން ވަރަށް ގޯސްވެ ޕިޗު ސަކަރާތްވެފައި އޮއްވާ ޓީސީން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.

މީގެއިތުރުން ނިޒާމްބެ ބުނީ ވެލެންސިއާ އަތުން ޓީސީ އަށް ލިބުނު މި މޮޅަކީ ވަރަށް މުހިންމު މޮޅެއް ކަމަށާއި، ވެލެންސިއާ މެޗަކީ ހުރިހާ ޓީމެއް ކަހަލަ ގޮތަކަށް ނަގަމުން އަންނަ މެޗެއް ކަމަށެވެ. އެގޮތުން ޓީސީއަށް އެ މެޗު ކާމިޔާބުކުރެވުމުން ބްރޭކްގައި މަސައްކަތްކުރަން އިތުރަށް ހިތްވަރު ލިބިފައިވާ ކަމަށާއި، ބްރޭކަށްފަހު ޓީސީ އެނބުރި އަންނާނީ ތަފާތުކޮށް މޮޅުވުމަށްކަމަށެވެ.

ޓީސީ މި ސީޒަނުގައި މާލޭ ލީގުގައި ނުވަ މެޗު ކުޅެފައިވާއިރު، އޭގެތެރެއިން އެޓީމު މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ. ބާކީ ތިން މެޗުން އެޓީމު މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް