ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 17:14
އެވަޓަންގެ މިޑްފިލްޑަރު ރޮސް ބާކްލީ
އެވަޓަންގެ މިޑްފިލްޑަރު ރޮސް ބާކްލީ
ގޯލް.ކޮމް
ޓްރާންސްފަރ ބާޒާރު
އެވަޓަންގެ ބާކްލީ ހޯދުމަށް ޔުނައިޓެޑް އަދި ޓޮޓެންހަމް ބޭނުންވޭ!
ޔުނައިޓެޑް އަދި ޓޮޓެންހަމް އިން ބާކްލީ ހޯދުމަށް ބޭނުންވޭ

އެވަޓަން އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ އެޓޭކިން މިޑްފިލްޑަރު ރޮސް ބާކްލީ އަށް މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާ ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑެއިލީ މިރާ އިން ބުނީ މި ސީޒަނަށްފަހު ބާކްލީ އެވަޓަންގެ އެއްބަސްވުން އިތުރުނުކުރާނެ ކަމަށާއި، އެގޮތުން އެވަޓަން އިން އޭނާ ވިއްކާލުމަށް 50 މިލިއަން ޕައުންޑުގެ ޕްރައިޒް ޓެގެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެވަޓަން އިން ކެރިޔަރު ފެށި އުމުރުން 23 އަހަރުގެ ބާކްލީ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 178 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ޝެފިލްޑް ވެނިސްޑޭ އަދި ލީޑްސް ޔުނައިޓެޑަށްވެސް ލޯން އެއްބަސްވުމުގެ ދަށުން  ކުޅެފައެވެ.

އިންގްލޭންޑްގެ ސީނިއަރ ޓީމުގައި އުމުރުން 20 އަހަރުއްސުރެ ހިމެނެމުން އަންނަ ބާކްލީ ވަނީ އެޓީމަށް މިވީތަނަށް 22 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިންގްލޭންޑްގެ 17 އަހަރުން ދަށުގެ ޓީމާއެކު 2010 ވަނަ އަހަރު ޔޫރޯ ކާމިޔާބުކޮށްފައެވެ. އޭނާ އަކީ 2014 ވަނަ އަހަރު އެވަޓަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް