ކ. މާލެ
|
28 އޮކްޓޯބަރ 2021 | ބުރާސްފަތި 22:59
އިންޑިއާގެ ތިމާވެއްޓާބެހޭ ވަޒީރު ބޫޕެންދަ ޔާދަރް
އިންޑިއާގެ ތިމާވެއްޓާބެހޭ ވަޒީރު ބޫޕެންދަ ޔާދަރް
އިންޑިއާ ޓައިމްސް
އިންޑިއާ
ތިމާވެށި ރައްކާތެރިކުރުމަށް އިންޑިއާއިން ކުރަންފެށި މަސައްކަތް ކާމިޔާބު
މޫސުމީ ބަދަލުތަކުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ބޮޑެތި ގައުމުތަކުގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގަތް
އިންޑިއާގެ އަމާޒަކީ 2030 ވަނަ އަހަރަށް ޕެރިސް އެގްރީމެންޓްގެ ލަނޑުދަނޑިއަށް ވާސިލްވުން

އިންޑިއާއިން ތިމާވެށި ރައްކާތެރި ކުރުމަށް ކުރަންފެށި މަސައްކަތް ކާމިޔާބު ކަމަށް އެގައުމުގެ ތިމާވެއްޓާބެހޭ ވަޒީރު ބޫޕެންޑަ ޔާދަވް ވިދާޅުވެއްޖެއެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޔާދަވް ވިދާޅުވީ; ޕެރިސް އެގްރިމެންޓާ އެއްގޮތަށް އިންޑިއާއިން ތިމާވެށި ހިމާޔަތް ކުރުމަށް ފެށި މަސައްކަތް ކާމިޔާބު ކަމަށާއި، ޖައްވަށް ދޫކުރާ ގްރީންހައުސް ގޭސްގެ މިންވަރު 18 އިންސައްތަ (2020 ވަނަ އަހަރު) ދަށްކުރެވިފައިވާ ކަމަށެވެ.

ޔާދަވް ވިދާޅުވީ، އިންޑިއާގެ އަމާޒަކީ 2030 ވަނަ އަހަރަށް ޕެރިސް އެގްރީމެންޓްގެ ލަނޑުދަނޑިއަށް ވާސިލްވުން ކަމަށާއި، އެކަމުގައި ކުރިއެރުންތަކެއް ފެނިފައިވާ ކަމަށެވެ. އަދި ބައެއް ބޮޑެތި ގައުމުތަކުން ޕެރިސް އެގްރީމެންޓަށް ނުބަލައި, ވިހަ ހަކަތަ އަދިވެސް ޖައްވަށް ދޫކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރު ކަމަށް ޔާދަވް ވިދާޅުވިއެވެ.

ޔާދަވް ވަނީ ދުނިޔެ ހޫނުވުމާއި، މޫސުމީ ބަދަލުތަކުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ބޮޑެތި ގައުމުތަކުގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިއީ އިންސާނިއްޔަތައްޓަކައި ކުރަމުން އަންނަ ކަމެއް ކަމުގައި ދެކިގެން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.

ޔާދަވް މިހެން ވިދާޅުވިއިރު، ޔޫއެން އެންވަޔަރަންމެންޓް ޕްރޮގްރާމް، އެމިޝަން ގެޕް ރިޕޯޓުންވެސް އިންޑިއާއިން ޕެރިސް އެގްރީމެންޓްގެ ޓާގެޓްތަކަށް ވާސިލްވަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާއާ އެއްވަރަށް ޕެރިސް އެގްރީމެންޓްގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މަސައްކަތް ކޮށްފައިވަނީ ރަޝިއާ އަދި ތުރުކީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް