ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 04:07
ޗެލްސީ ފުޓުބޯޅަ ކުލަބުގެ މައި އިދާރާ
ޗެލްސީ ފުޓުބޯޅަ ކުލަބުގެ މައި އިދާރާ
ގޯލް.ކޮމް
މެންޗެސްޓާ ހަމަލާ
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި
މި ހިންގާލުން ކެންސަލް ކޮށްފައިވަނީ މެންޗެސްޓާ އެރީނާގައި ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން
މިކަން ކަށަވަރުކޮށްދީ ޗެލްސީއިން ވަނީ ބުދަ ދުވަހު ބަޔާނެއް ނެރެފަ

ޗެލްސީއިން އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމާ ގުޅިގެން ބާއްވަން ހަމަޖެހިފައި އޮތް ކާމިޔާބީގެ ހިންގާލުން ނުބާއްވާ ގޮތަށް އެކުލަބުން ނިންމައިފިއެވެ.

ބުދަ ދުވަހު އެކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެންޗެސްޓާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެކަމުގެ ހިތާމާގައި ބައިވެރިވުމުގެ ގޮތުންނާއި މި ދަނޑިވަޅުގައި ކާމިޔާބުގެ ހިނގާލުން ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭތީ ހިނގާލުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެކުލަބުން ބުނެފައިވަނީ، ސަލާމަތީ ސަބަބު ތަކަށްޓަކައި ލަންޑަންގެ ސަރުކާރުން އަންގާފައިވާ އެންގުންތަކަށް ބޯލެނބުމުގެ ގޮތުންނާއި،  ލަންޑަންގެ މަގުމަތީގައި މިފަތަ ހަރަކާތެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭތީ މި ހިނގާލުން ކެންސަލް ކޮށްފައި ވާކަމަށެވެ. އަދި ޗެލްސީގެ ހުރިހާ ސަޕޯޓަރުން މި ނިންމުމަށް އިހުތިރާމް ކުރުމަށް އެކުލަބުން ވަނީ އެދިފައެވެ.

އެކުލަބުން ބުނީ، އިހުތިރާމްގެ ރަމްޒެއްގެ ގޮތުގައި އެފްއޭ ކަޕްގެ ފައިނަލުގައި އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުގައި އެޓީމުން ކުޅޭނީ ކަޅު ބޭންޑް އަޅައިގެން ކަމަށެވެ.  ހާދިސާގައި ޒަހަމްވި ފަރާތްތަކަށާއި، އާއިލާތަކަށް އެހީވުމަށް އެކުލަބުން ނިންމާފައި ވާކަމަށްވެސް ޗެލްސީއިން ވަނީ ހަމަކޮށްފައެވެ.

ހޯމަ ދުވަހު މެންޗެސްޓާ އެރީނާގައި އޮތް ކޮންސެޓަކަށް އަމާޒުކޮށް ދިން ޖާޏުން ފިދާވުމުގެ ހަމަލާގައި 22 މީހުން މަރުވެފައި ވާއިރު. 64 މީހުން ވަނީ ޒަހަމް ވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް