ކ. މާލެ
|
24 މެއި 2017 | ބުދަ 22:56
ޓީސީ ކުޅުންތެރިންނާއެކު އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވާހަކަދައްކަނީ
ޓީސީ ކުޅުންތެރިންނާއެކު އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވާހަކަދައްކަނީ
މުހައްމަދު ޝަރުހާން
މާލޭ ލިގު
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ
ޓީސީ އޮތީ 11 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައި
މާލޭ ލިގުގައި ޓީސީ ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުން
ޓީސީ އަށް މަދުވެގެން 21 ޕޮއިންޓް ބޭނުންވޭ، ހުރިހާ މެޗެއް މުހިންމު

ޓީސީ ސްޕޯޓްސް ކްލަބް އޮތް ހިސާބުން އަރައިގަންނަން ވެލެންސިއާ މެޗުގެ ތިން ޕޮއިންޓް މުހިންމުކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

 

މާލޭ ލީގުގައި ވެލެންސިއާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ ސީޒަނެއްގައި މެޗުތައް ގެއްލުން އެއީ ދިމާވެދާނެ ކަމެއް ކަމަށާއި، އެހެންނަމަވެސް ދިގު ލީގެއްގައި މެޗުތައް ގެއްލުން އެއީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެގޮތުން އޭނާ ބުނި ގެއްލޭ ކޮންމެ މެޗަކީ ޕްރެޝަރެއްކަމަށެވެ.

 

ނިޒާމބެ ބުނީ ޓީސީ އަށް ބަލާއިރު، ކުރިޔަށް އޮތް މެޗަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް އެޓީމަށް ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި، ޓީސީ އަށް އޮތް ހަމައެކަނި ގޮތަކީ ކުރިޔަށް އޮތް ހުރިހާ މެޗެއް ކަމިޔާބުކުރުން ކަމަށެވެ. 

 

މީގެއިތުރުން އޭނާ ބުނީ ޓީސީ އަށް މަދުވެގެން 21 ޕޮއިންޓް ބޭނުންވާ ކަމަށާއި، އެކަމަށް ޓާގެޓްކޮށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

 

އިދިކޮޅަށް ނިކުންނަ ވެލެންސިއާއާ ބެހޭގޮތުން ނިޒާމްބެ ބުނީ އެޓީމާ ދެކޮޅަށް ކޮންމެފަދަ ނަތީޖާއެއް ނިކުތް ނަމަވެސް ބަލިކުރަން އުނދަގޫ ޓީމެއް ކަމަށެވެ. އެގޮތުން ކޮންމެ ޓީމެއްވެސް ވެލެންސިއާ އަތުން މޮޅުވަނީ ވަރަށް މަސައްކަތްކޮށްގެން ކަމަށާއި، އެގޮތުން ޓީސީންވެސް މެޗަށް ނިކުންނާނީ ވެލެންސިއާއަކީ ބަލިކުރަން އުނދަގޫ ޓީމެއްކަން ދަނެ، އެކަމަށް ތައްޔާރުވެގެންނެވެ.

 

މާލޭ ލީގުގައި ޓީސީ 8 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެޓީމު ތިން މެޗުން މޮޅުވެފައިވާއިރު، ބާކީ ތިން މެޗުން ވަނީ ބަލިވެފައެވެ. އަދި ދެ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު، އެޓީމު އޮތީ 11 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް