ކ. މާލެ
|
17 އޮކްޓޯބަރ 2021 | އާދީއްތަ 19:47
ޓައިވާނުގެ ރައީސް ސެންގ ވެން
ޓައިވާނުގެ ރައީސް ސެންގ ވެން
އޭއެފްޕީ
ޗައިނާ - ޓައިވާންގެ ގުޅުން
ޗައިނާއިން ބުނާހާ އެއްޗަކަށް ޓައިވާނުން ބޯނުލަނބާނެ
ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ދާދި ފަހުން ވަނީ ޗައިނާގެ ބައެއްގެ ގޮތުގައި ޓައިވާން ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައި
ޗައިނާއިން އަންނަ ޕްރެޝަރުތަކަށް ޓައިވާނުން ނުވިސްނާނެ

ޗައިނާއިން ބުނާހާ އެއްޗަކަށް ޓައިވާނުން ބޯނުލަނބާނެ ކަމަށް ޓައިވާނުގެ ރައީސް ސެންގ ވެން ވިދާޅުވެއްޖެއެވެ.

ޓައިވާނުގެ ރައީސް ސެންގ ވެން މިހެން ވިދާޅުވިއިރު، ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ދާދި ފަހުން ވަނީ ޗައިނާގެ ބައެއްގެ ގޮތުގައި ޓައިވާނު ހަމަޖައްސަވާނެ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ޗައިނާއިން ޓައިވާނުގެ ކޮންޓްރޯލް ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވައި ޓައިވާނުގެ ރައީސް ސެންގ ވެން ވިދާޅުވީ, ޗައިނާއިން އަންނަ ޕްރެޝަރުތަކަށް އެކަމަނާގެ ސަރުކާރުން ނުވިސްނަވާ ކަމަށާއި، ޗައިނާގެ ބާރުގެ ދަށަށް ޓައިވާނު ދިޔުން އެއީ ނުވާނެ ކަމެއް ކަމަށެވެ.

ސެންގ ވެން ވިދާޅުވީ ޗައިނާއިން ޓައިވާނުގެ ސިޔާދަތާ ކުޅެމުން އަންނަ ކަމަށާއި، އެގޮތުން ޓައިވާނަށް ބިރު ދެއްކުމުގެ ގޮތުން ޓައިވާން ކަނޑުއޮޅިން އެތެރެއަށް ޗައިނާގެ ސިފައިންގެ މަނަވަރުތަކާއި ޖެޓުތައް އާންމުކޮށް ވަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރިޔަށް އޮތްތަނުގައި ވިޔަ ނުދޭނެ ކަމަށާއި، ޓައިވާނުގެ ކަނޑުއޮޅި ހުރަސް ކުރާނަމަ ޗައިނާގެ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް