ކ. މާލެ
|
24 މެއި 2017 | ބުދަ 00:54
ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)
ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)
ރާއްޖެއެމްވީ
މާލޭ ލީގު 2017
ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި
މި މެޗު އީގަލްސް އިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިން
އީގަލްސް އޮތީ 10 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގައ

ރޯދައިގެ ކުރިން ދިހަ ދުވަހުގެ ބްރޭކެއް ލިބޭ ކަމަށާއި އެހެން ކަމުން ބްރޭކުގެ ކުރިން ލިބިގެން މިދިޔައި މުހިންމު މޮޅެއް ކަމަށް ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.

 

މާލޭ ލީގުގެ ދެވަނަ ބުރުގައި ޔޫވީއާ ބައްދަލުކޮށް 0-1 އިން އީގަލްސް މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ސާންތި ބުނީ މިބުރުގައި ކުރިއަށްދާނީ ކޮންމެ ޓީމަކަށް ވެސް އުނދަގޫ މެޗުތަކެއް ކަމަށާއި އެހެން ނަމަވެސް ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހިތްހަމަޖެހޭ ކަމަށެވެ.

ސާންތި ބުނީ ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި މެޗުން ނުކުތް ނަތީޖާގެ ސަބަބުން އެއްވެސް ޓީމަކަށް އެއްވެސް މެޗެއް ފަސޭހަ ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެހެން ކަމުން ރޯދައިގެ ކުރިން މި ލިބޭ ބްރޭކުގައި މޮޅެއް ލިބުމަކީ ދެންހުރި މެޗުތަކަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.

ސާންތި ބުނީ އެޓީމަށް އަބަދަވެސް ދިމާވާ މައްސަލައަކީ މެޗުގައި ލަނޑުޖެހުމަށް ލިބޭ ފުރުސަތުތައް އެންމެ ރަނގަޅަށް ބޭނުން ނުކުރެވުން ކަމަށެވެ. އެހެން ނަމަވެސް ލިބުނު މޮޅާއެކު ހިތް ހަމަޖެހުމެއް ލިބިއްޖެ ކަމަށް ސާންތި ބުންޏެވެ.

އީގަލްސް ދެން އެންމެ އަވަހަށް މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ރޯދަ މަހުއެވެ. އެގޮތުން އެ މެޗުގައި އީގަލްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް