ކ. މާލެ
|
23 މެއި 2017 | އަންގާރަ 16:18
ލީގު ލިބުމުން ޒިދާން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި
ލީގު ލިބުމުން ޒިދާން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި
ގޫގުލް
ޒައިނުއްދީން ޒިދާން
މި މަގާމު ދެމިހުރެވޭނެ ހަމައެކަނި މަގަކީ ތަށި ހޯދުން: ޒިދާން
މަޤާމް ދިފާއުކުރަން މަސައްކަތް ކުރާނެ
ރެއާލްގެ ކޯޗަކަށް ހުރުމަކީ ގޮންޖެހުން ގިނަ ކަމެއް
ކުރިއަށް އޮތީ ޗެމްޕިއަންސް ލީގު ފައިނަލް

ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ހުންނައިރު ޕްރެޝަރު އަންނާނެ މިންވަރު އެނގޭ ކަމަށާއި އެހެންވެ އެކުލަބުގެ ކޯޗުގެ މަޤާމުގައި ދެމިހުރެވޭނެ ހަމައެކަނި މަގަކީ ތަށި ހޯދުން ކަމަށް ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

 

ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ވެސް އެކުލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒިދާން ބުނީ އެކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ގިނަ ކޯޗުންނާ އެކު މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

 

ރެއާލްއާއެކު ހިއްސާކުރެވިފައިވާ ތަޖުރިބާއަށް ބެލިޔަސް އެކުލަބުގައި މަސައްކަތްކުރި ކޯޗުންނަށް އޮންނަ ޕްރެޝަރު މިހާރު ވެސް އިހުސާސް ކުރެވޭ ކަމަށް ޒިދާން ބުންޏެވެ.

 

ޒިދާން ބުނީ މަޤާމްގައި ދެމިހުރުމަށްޓަކައި އޭނާހުރީ ތަށި ހޯދުމުގެ ފިޔަވަޅު މަތީގައި ކަމަށެވެ. އެހެން ނޫން ނަމަ ރެއާލުގެ ކޯޗެއްގެ މަގާމުގައި ދެމިހުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޒިދާން ބުންޏެވެ.

 

ރެއާލްއާ ހަވާލުވެ ޒިދާން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި އެތަށި ދިފާޢުކުރުމަށް އަންނަ މަހުގެ 3 ވަނަ ދުވަހު ޒިދާންގެ ކުރީގެ ޓީމް ޔުވެންޓަސްއާ ދެކޮޅަށް ވޭލްސްގެ ކާޑިފްގައި ނުކުންނާނެއެވެ.

 

ރެއާލްގެ ކޯޗުކަން ޒިދާންއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަފައެލް ބެނިޓޭޒް އެ މަޤާމުން ދުރުކުރުމަށް ފަހުގައެވެ.

 

ކުލަބާ ހަވާލުވުމަށް ފަހު، ޒިދާންގެ އެންމެ ފުރަތަމަ ކާމިޔާބީއަކީ ޗެމްޕިއަންސް ލީގު ހޯދުމެވެ. ނަމަވެސް ޒިދާން ބުނާ ގޮތުގައި ޗެމްޕިއަންސް ލީގަށް ވުރެ މިފަހަރުގެ ސްޕެނިޝް ލީގު ލިބުމުން އޭނާ މާ އުފާވެއެވެ.

 

ޒިދާން ބުނި ގޮތުގައި ފަސް އަހަރަށްފަހު ސްޕެނިޝް ލީގު ލިބުމަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ކާމިޔާބީއެކެވެ.

 

ފުރަތަމަ ފުރިހަމަ ސީޒަނުގައި ލީގު ހޯދުމަކީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ލިބުމަށްވުރެ މާ ބޮޑު އުފަލެއް ކަމަށް ވެސް ޒިދާން ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް