ކ. މާލެ
|
22 މެއި 2017 | ހޯމަ 20:08
ވެންގާއާ މެދު ހިތްހަމަ ނުޖެހިފައި ތިބި އާސެނަލްގެ ސަޕޯޓަރުން އޭނާ އިސްތިއުފާ ދިނުމަށް ގޮވާ ބެނާ ހިފައިގެން
ވެންގާއާ މެދު ހިތްހަމަ ނުޖެހިފައި ތިބި އާސެނަލްގެ ސަޕޯޓަރުން އޭނާ އިސްތިއުފާ ދިނުމަށް ގޮވާ ބެނާ ހިފައިގެން
ގެޓީ އިމޭޖަސް
ވެންގާގެ މުސްތަޤްބަލު
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި
ޓީމާއި ވަކިވެއްޖެނަމަ ގެއްލުން ވެދާނެ ކަމަށް ބުނޭ
އެފްއޭކަޕް ފައިނަލަށްފަހު ގޮތެއް ނިންމާނެ
މަސައްކަތާއި މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް

އާސަނަލްގައި ދެމިހުރުމުގެ މުސްތަގުބަލާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ މި މަހު 27 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ފައިނަލަށް ފަހު ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

 

ވެންގާ ބުނީ އާސެނަލްގައި މަޑުކުރުމަށް ދުނިޔޭގެ ހުރިހާ ކްލަބަކަށް ކަހަލަ ގޮތަކަށް ނޫނެކޭ ބުނެވިއްޖެ ކަމަށެވެ. ނަމަވެސް އިތުރަށް މުސްތަޤްބަލަމެދު ގޮތެއް ނިންމާނީ އެފްއޭކަޕްގެ ފައިނަލް މެޗަށް ފަހުގައި ކަމަށް ވެންގާ ބުންޏެވެ.

 

ވެންގާ ބުނީ އޭނާގެ މަސައްކަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ. އޭނާ ބުނި ގޮތުގައި ޖެނުއަރީ މަހުން ފެށިގެން ކުރިމަތިލީ ވަރަށް ބޮޑު ޕްރެޝަރެއްގައި ހުރެއެވެ.

 

ފާއިތުވެދިޔަ 20 ސީޒަންގައި ޕްރެމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދަމުން އަންނަ އާސެނަލްއަށް މިފަހަރު ޖާގަ ނުލިބުމަކީ ވަރަށް ބޮޑު ވެއްޓުމެއްގެ ގޮތުގައި ވެންގާ ސިފަކުރެއެވެ.

 

އެގޮތުން ވެންގާ ބުނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލުމަކީ ބޮޑު ވެއްޓުމެއް ކަމަށެވެ.

 

ވެންގާ ބުނީ ގިނަ މެޗުތަކެއް ކުޅެންޖެހުނީ ވަރަށް ގޯސް މާހައުލެއްގައި ކުޅުންތެރިން ވެސް ޕްރެޝަރުގައި ތިބެގެން ކަމަށެވެ. އެހެންވެ ނަތީޖާ އެގޮތަށް އައުމަކީ އެކަށީގެންވާ ކަމަށެވެ.

 

ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމަކީ ބޮޑު ވެއްޓުމެއް ކަމަށް ވެންގާ އެއްބަސް ވިޔަސް އޭނާ އަމިއްލަ އަށް އާސެނަލް ދޫކޮށްލައިފި ނަމަ އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ވެންގާ ބުނެއެވެ.

 

އާސެނަލް ކޯޗުކަމާ 1996 ވަނަ އަހަރު ހަވާލުވުމަށް ފަހު ވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި ވެންގާ ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ތިން ފަހަރު އަދި ހަ ފަހަރު އެފްއޭ ކަޕް ހޯދައިދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް