ކ. މާލެ
|
19 ސެޕްޓެންބަރ 2021 | އާދީއްތަ 17:32
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
ރޮއިޓަރސް
އިޒްރާއީލުގެ ޖަލުން ފިލި ގައިދީން
އިޒްރާއީލުގެ ޖަލުން ފިލި އެންމެން ހައްޔަރުކޮށްފި
ޖަލުން ފިލި ގައިދީން ހޯދުމަށް އިޒްރާއީލުން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި
ނުފެނިތިބި ދެ ގައިދީން ހައްޔަރު ކުރީ އިންޓެލްއަށް ލިބުނު މައުލޫމާތުގެ އަލީގައި

އިޒްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ޖަލު ކަމަށްވާ ގިލޯބާ ޖަލުން ފިލި ހުރިހާ ގައިދީން ހައްޔަރުކޮށްފައިވާ ކަމަށް އިޒްރާއީލުން ބުނެފިއެވެ.

އިޒްރާއީލުން ބުނީ ގިލޯބާ ޖަލުން ފިލި ހަ ގައިދީންނަކީ އެގައުމާއި ދެކޮޅަށް ހަމަލާ ދިނުމަށް ރޭވުމުގެ ތުހުމަތުގައި ހައްޔަރުކުރި ގައިދީން ކަމަށެވެ. މި ގައިދީން ޖަލުން ފިލާފައިވަނީ ސަމުސާ ފަދަ ތަކެތީން ބިމު އަޑީގައި މަގެއް ކޮނެގެންނެވެ. އެއާއިއެކު ފަލަސްތީނުގެ ރައްޔިތުން ވަނީ އެއީ ބަތަލުންތަކެއް ކަމަށް ބުނެފައެވެ.

މި ގައިދީން ހޯދުމަށް އިޒްރާއީލުން ވަރުގަދަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާއިރު، މި އޮޕަރޭޝަނުގައި ޑްރޯންތަކާއި، މަގުމަތީ ޗެކްޕޮއިންޓްތައް ގާއިމުކޮށްފައިވެއެވެ.

އިޒްރާއީލުގެ ސިފައިން އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ ބާކީ ނުފެނިތިބި ދެ ގައިދީން ހޯދީ އެގައުމުގެ އިންޓެލްއަށް ލިބުނު މައުލޫމާތުގެ އަލީގައި ކަމަށެވެ. އަދި ސިފައިން ގޮސް އެ ދެ ގައިދީން ވަށާލުމުން އަމާންދީފައިވާ ކަމަށް ބުންޏެވެ.

ޖަލުން ފިލި ހަ ގައިދީންނަކީ ވެސް ފަލަސްތީނުގެ ޖަމިއްޔާތަކުގެ މެމްބަރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް