ކ. މާލެ
|
13 ސެޕްޓެންބަރ 2021 | ހޯމަ 00:37
އެއަރ ޗެލެންޖް ޕްރޮގްރާމް ކެޔޮދޫ ސްކޫލުން ކާމިޔާބުކުރުން
އެއަރ ޗެލެންޖް ޕްރޮގްރާމް ކެޔޮދޫ ސްކޫލުން ކާމިޔާބުކުރުން
އެޑިއުކޭޝަން މިނިސްޓްރީ
އެއަރ ޗެލެންޖް ޕްރޮގްރާމް
ގިނަ އަދަދެއްގެ ޕްލާސްޓިކް ކިރައިގެން ކެޔޮދޫ ސްކޫލަށް ކާމިޔާބީއެއް!
ކެޔޮދޫ ސްކޫލުން ވަނީ 12،795 ކިލޯގެ ޕްލާސްޓިކް ކިރާފައި
އެއަރ ޗެލެންޖު ކުރިޔަށްގެންދަނީ 3 މަރުހަލާއަކަށް ބަހާލައިގެން
މި ހަރަކާތް ފެށުނީ "ރީފް އެންޑް މީ" ނަމުގައި ބޭއްވުނު ސްނޯކްލިން ދަތުރަކުން

ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގެ ސްކޫލްތަކުގައި ހިންގަމުންދާ އެއަރ ޗެލެންޖު ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ވ. ކެޔޮދޫ ސްކޫލުން ކާމިޔާބުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއަރ ޗެލެންޖުގެ ފުރަތަމަ މަރުހަލާގައި ކެޔޮދޫ ސްކޫލުން 12،795 ކިލޯގެ ޕްލާސްޓިކް ކިރާފައިވާ ކަމަށެވެ. އެއަރ ޗެލެންޖުގެ ފުރަތަމަ މަރުހަލާ ކާމިޔާބުކުރުމުން ކެޔޮދޫ ސްކޫލުގައި ބޭއްވި ހަފްލާގައި އެ ސްކޫލަށް ވަނީ އައުޓްޑޯ ސައުންޑް ސިސްޓަމެއް އިނާމެއްގެ ގޮތުގައި ލިބިފައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ.

ޕާރލޭގެ އެއަރ ޗެލެންޖު ޕްރޮގްރާމް ކުރިޔަށްގެންދަނީ 3 މަރުހަލާއަކަށް ބަހާލައިގެންނެވެ. މިއިން ކޮންމެ މަރުހަލާއެއް ވެސް ފުރިހަމަ ކުރުމުން އިނާމެއް ލިބޭގޮތަށް ހަމަޖެހިފައިވެއެވެ.

ޕާރލޭ އެއަރ ޗެލެންޖް ޕްރޮގްރާމަކީ ތިމާވެއްޓާއި، ކަނޑުފަޅުތަކާއިމެދު ދަރިވަރުން އަހުލުވެރިކުރުވައި، ތިމާވެށި އަދި ކަނޑުތައް ރައްކާތެރިކުރާނެ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދީ މި ތަންތަނާއިމެދު ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ހަރަކާތް ފެށުނީ "ރީފް އެންޑް މީ" ނަމުގައި ބޭއްވުނު ސްނޯކްލިން ދަތުރަކުންނެވެ. މި ސްނޯކްލިންގ ބޭއްވުނީ ކެޔޮދޫ ކައިރީގައި އޮންނަ "ޝިޕްރެކް" ސަރަހައްދުގައެވެ. މި ދަތުރުގައި އެޑިއުކޭޝަން މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ޕާރލޭ ފޮރ ދަ އޯޝަން ޖަމިއްޔާގެ މެންބަރުންނާއި، ކެޔޮދޫ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ވ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންނާއި، ކެޔޮދޫ ގެސްޓް ހައުސްތަކާއި، ކެޔޮދޫ ސްކޫލުގެ 20 ދަރިވަރުންނާއި، ބެލެނިވެރިންގެ އިތުރުން ކެޔޮދޫ ސްކޫލުގެ ޓީޗަރުން ބައިވެރިވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް