ކ. މާލެ
|
12 ސެޕްޓެންބަރ 2021 | އާދީއްތަ 16:06
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމް
ޕީޕީއެމްގެ އެތެރޭގެ ކޯޅުން
ޕީޕީއެމަކަށް ދުރުން އަންނާނެ މިނިކާ ބާޒެއް ނެތެވެ.
ގޭބަންދުގައި ހުރެގެން ސިޔާސީ ހަރަކާތް ނުހިންގުމުގެ އިގްރާރާ ޔާމީނު ވަނީ ޚިލާފުވެފައި
ޓިކެޓިން އޭޖެންޓުން ބޭނުންވަނީ އަވަހަށް ޔާމީނު ޖަލަށް ގެންދެވޭނެ ގޮތެއް ހޯދުން

ޕީޕީއެމްގެ ތެރޭގައި ރިޔާސީ ޓިކެޓާހެދި ހިފާތަޅަޅަނީއެވެ. އެކި ބިތުން ކުރާ ވާނުގައި އުޅާހަށް ދެމެނީ ރައީސް ޔާމީނެވެ. ޔާމީނު ނެތް ދުވަހެއް ދައްކަވާތޯ ގަދައަޅައި މަސައްކަތްކުރާ ފެކްޝަންތަކުގެ ވާދަވެރިކަން ނުހަނު ބޮޑެވެ.

ޣައްސާން މައުމޫނުގެ ފަޅިން އަދުރޭ އާއި ސުޖާމެންނެވެ. ޑރ ޖަމީލު ފަޅިން ނަރީޝްމެންނެވެ. ޑޮކްޓަރ މުއިއްޒާއި ޝަހީމަކީ އަދި އެހެން ޒާތެއްގެ ބާވަތެކެވެ. ސައޫދީ ވަލީއަހުދުގެ ގާތްކަމެއް އޮތްކަން ދައްކަވައިގެން ޑރ ވަހީދު ހަސަން މަނިކު ދެކޭ ހުވަފެނުގެ ކުލަ އަދިމާ ތަފާތެވެ. އެމް ސައީދާއި އާދަމް ޝަރީފާއި ޝިޔާމަކީ މެޑަމްގެ ޗޮއިސް ތޯއްޗެކެވެ.

އަންނަ އިންތިޚާބުގައި ވާދަކުރުމަށް ގާނޫނީ ގޮތުން ހަލާލުވާން ޖެހޭ 3 އަހަރުގެ މުއްދަތު ރައީސް ޔާމީނަށް ލިބޭނެ ގޮތެއް ދެން ނެތެވެ. ހުރިހާ ފަޅިއަކުންވެސް ބޭނުންވަނީ ޔާމީނަށްޓަކައި ކަން ޕާޓީގެ މެންބަރުންނަށް ދައްކައިގެން އެމީހުންގެ ރުހުން ހޯދައިގެން ވީހާވެސް އަވަހަކަށް ޔާމީނު ޖަލަށް ގެންދާނެ ގޮތެއް ހެދުމަށެވެ.

300 އެއްހާ މީހުން ގައުމީ ދިދަޔާއި ޕާޓީގެ ދިދަ ހިފައިގެން މަގުމަތީގައި ސިޔާސީ ހަރަކާތެއް ހިންގަނީއެވެ. އެއީ ދިދަ ހޫރުވުމާއި އަޑުގަދަ ކުރުމެވެ. އެއް ފެކްޝަނުން ގައުމީ ދިދަ ދިއްކޮށްލުމާއެކު އަނެއް ފެކްޝަނުން ޕާޓީގެ ދިދަ ދިއްކޮށްލިއެވެ. ޔާމީނު ދެދި ދައިގައި ބަޑިއަޅައި އޭގައި ހިއްޕަވައި ހޫރަން ފަށަތްޕެވެ. ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތް ނުހިންގެވުމަށް ޔާމީނު ވެެވަޑައިގެންނެވި އިގުރާރާއި ޔާމީނު ޚިލާފު ކުރުވީ ބަޔަކު ހަމަ ގަސްތުގައެވެ. ތިރީގައި މިތިބަ ޓިކެޓިން އޭޖެންޓުން ބޭނުންވަނީ އަވަހަށް ޔާމީނު ޖަލަށް ގެންދެވޭނެ ގޮތެކެވެ.

މިނިކާ ބާޒެއްގެ ވަކިތަކުގެ ދަށަށް ޕީޕީއެމް ދިޔަ ނުދިނުމަށް ރައީސް ޔާމީނު ކުރެއްވި ވަސިއްޔަތެއް އޮވެއެވެ. އެވިދާޅުވާހެން ޕާޓީ ވަކި ދަށުލާން ވަކި ދުރުން އަންނާނެ އިތުރު މިނިކާ ބާޒެއް އެތާކު ނެތެވެ. ހައްތާވެސް ތިބީ ކުރިންވެސް ފެންނާން ތިބި ބާޒެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް