ކ. މާލެ
|
12 ސެޕްޓެންބަރ 2021 | އާދީއްތަ 06:46
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
ރޮއިޓަރސް
އިސްރާއީލުގެ ޖަލުން ފިލި ފަލަސްތީނުގެ ގައިދީން
ޖަލުން ފިލި ގައިދީންގެ ތެރެއިން ހަތަރު މީހުން ހައްޔަރުކޮށްފި
ޖަލުން ފިލުމުގެ "މާސްޓަރމައިންޑް" ވެސް ހައްޔަރު ކޮށްފައިވޭ
ޖަލުން ފިލި މީހުން ހައްޔަރު ކުރުމުން ގާޒާއިން ރޮކެޓް ހަމަލާއެއް ދިން ކަމަށް ބުނޭ

އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ޖަލު ކަމަށްވާ ގިލޯބާ ޖަލުން ފިލި ފަލަސްތީނުގެ 6 ގައިދީންގެ ތެރެއިން ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލުގެ ފުލުހުން ބުނެފިއެވެ.

އިސްރާއީލުގެ ފުލުހުން ބުނީ ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ހައްޔަރުކުރީ ހުކުރު ދުވަހު ކަމަށާއި، އަނެއް ދެ މީހުން ހައްޔަރު ކުރީ ހޮނިހިރު ދުވަހުގައި ކަމަށެވެ.

އިސްރާއީލުގެ ސިފައިން މިހާތަނަށް އާންމުކޮށްފައިވަނީ ހުކުރު ދުވަހު ހައްޔަރުކުރި ދެ މީހުންގެ ވަނަވަރެވެ. އެއީ އިސްލާމިކް ޖިހާދު ގްރޫޕަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ މަޙްމޫދު އަބްދުﷲ އަރްދާޙް އާއި، ޔައުގޫބް ގަދްރީއެވެ. އޭގެ ތެރެއިން މަޙްމޫދު އަބްދުﷲ އަރްދާޙް އަކީ ޖަލުން ފިލި "މާސްޓަރޕްލޭން" ހެދި މީހާ ކަމަށް އިސްރާއީލުގެ ސިފައިން ބުނެއެވެ.

އިސްރާއީލުގެ ސިފައިން ބުނީ މަޙްމޫދު އަބްދުﷲ އަރްދާޙް ހައްޔަރުކުރުމާއެކު، ގާޒާއިން ދެކުނު އިސްރާއީލަށް ރޮކެޓު ހަމަލާއެއް ފޮނުވާލި ކަމަށާއި، އެކަމަކު އިސްރާއީލުގެ އަޔަން ޑޯމް ޑިފެންސް ސިސްޓަމުން އެ ހަމަލާ ހުއްޓުވާފައިވާ ކަމަށެވެ.

ޖަލުން ފިލި 6 ގައިދީންނާމެދު އިސްރާއީލުން އަންނަނީ ސީރިއަސް ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އެމީހުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރާވަމުންދާކަމަށް ނުވަތަ ދޭނެކަމަށް އިސްރާއީލުން ބުނެއެވެ.

އެމީހުން ހައްޔަރުކުރުމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ފޫގަޅާފައިވާއިރު އެމީހުން ޖަލުން ފިލި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރާނެކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ޖަލުންފިލި މީހުންގެ ތެރޭގައި ފަތަހައިގެ އަލްއަޤްޞާ ބްރިގޭޑްގެ ކުރީގެ ކޮމާންޑަރ ޒަކަރިއްޔާ ޒުބެއިދީ ހިމެނެއެވެ. އިސްރާއީލް ސިފައިން ޒުބެއިދީ ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރު އިސްރާއީލާ ދެކޮޅަށް ހަމަލާދޭން އުޅޭ ކަމުގެ ތުހުމަތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް