ކ. މާލެ
|
10 ސެޕްޓެންބަރ 2021 | ހުކުރު 07:34
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓަރސް
ޗައިނާ - ޠާލިބާން ގުޅުން
ޠާލިބާނުން ޗައިނާއާ ގުޅުން ގާއިމުކުރާނެކަން އެނގޭ – ބައިޑަން
ޗައިނާގެ އިތުރުން ރަޝިޔާއާއި ޕާކިސްތާނާއި އީރާނުން ވެސް ޠާލިބާނުންނާ ގުޅިގެން މަސައްކަތް ކުރާނެ
ޗައިނާއާ ޠާލިބާނުންނާ ދެމެދު ބައެއް ކަންކަމުގައި ދެބަސްވުންތަކެއް ހުރި ކަމުގައިވީ ނަމަވެސް އެކަންކަން ހައްލުކޮށްގެން ގުޅިގެން މަސައްކަތް ކުރާނެ

ޠާލިބާން ޖަމާއަތުން އުފައްދާ ސަރުކާރަކަށް ބެލުމެއްނެތި ޗައިނާއިން އެޖަމާއަތާ ގުޅުން ބަދަހި ކުރައްވާނެކަން އެނގިލައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ޠާލިބާނުން އުފައްދާ ސަރުކާރަކަށް ބެލުމެއްނެތި ޗައިނާއިން އެ ޖަމައަތާ ގުޅުން ބަދަހިކުރައްވާނެކަން އެނގިލައްވާ ކަމަށެވެ. އަދި ޗައިނާއާއި ޠާލިބާނުންނާ ދެމެދު ބައެއް ކަންކަމުގައި ދެބަސްވުންތަކެއް ހުރި ކަމުގައިވީ ނަމަވެސް އެކަންކަން ހައްލުކޮށްގެން ގުޅިގެން މަސައްކަތް ކުރައްވާނެކަން އެނގިލައްވާ ކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ ޗައިނާގެ އިތުރުން ރަޝިޔާއާއި ޕާކިސްތާނާއި އީރާނުން ވެސް ޠާލިބާނުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ.

ބައިޑަން މިހެން ވިދާޅުވިއިރު، އެމެރިކާގެ އިސް އޮފިޝަލަކު ދާދި ފަހުން ވަނީ ޠާލިބާނުން އެކުލަވާލި އައު ސަރުކާރުގައި އެމެރިކާގެ ބާރު އޮތް ކަމަށް ދޭހަވާނެހެން ވާހަކަ ދައްކަވާފައެވެ.

މީގެއިތުރުން ޠާލިބާނުން އެކުލަވާލި ސަރުކާރަށް އެމެރިކާގެ ވާގިވެރި ބައެއް ގައުމުތަކުން ފާޑުކިޔާފައިވާއިރު، ޗައިނާ، ރަޝިއާ، އީރާން އަދި ޕާކިސްތާނުން މިހާތަނަށް ފާޑުކިޔާފައެއް ނުވެއެވެ. އެކަމަކު ޠާލިބާނުން އެކުލަވާލި އައު ސަރުކާރަށް ރުހުން އޮތް ކަމަށް މިއިން ގައުމަކުން މިހާތަނަށް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް