ކ. މާލެ
|
6 ސެޕްޓެންބަރ 2021 | ހޯމަ 18:48
އިސްރާއީލުގެގައި ހުންނަ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
އިސްރާއީލުގެގައި ހުންނަ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
ރޮއިޓަރސް
ފަލަސްތީނުގެ ގައިދީންތަކެއް ފިލުން
އިސްރާއީލުގެ ޖަލުގައި ތިބި ފަލަސްތީނުގެ ގައިދީންތަކެއް ބިންގަރާހަކުން ނުކުމެ ފިލައިފި
ފިލާފައިވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ގްރޫޕްގެ 6 މެމްބަރުން
މިއީ އިސްރާއީލުގެ ޖަލު ބަލަހައްޓާ ފަރާތްތައް ފެއިލްވެފައިވާ ކަމުގެ ހެއްކެއް

އިސްރާއީލުގައި ހުންނަ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލުން ބިންގަރާހެއް ކޮނެ ފަލަސްތީނުގެ 6 ގައިދީއަކު ފިލުމާއި ގުޅިގެން ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން ބުނީ ފިލާފައިވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ގްރޫޕްގެ 6 މެމްބަރުން ކަމަށެވެ.

އިސްރާއީލުގެ ޖަލު އޮފިސަރަކު ބުނީ މިއީ އިސްރާއީލުގެ ޖަލު ބަލަހައްޓާ ފަރާތްތައް ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ޖަލު ބެލެހެއްޓުމުގެ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ.

އިސްރާއީލުން ބުނީ ޖަލުގައި ބިންގަރާހެއް ކޮނެ ފިލާފައިވާ ފަލަސްތީނުގެ ގައިދީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ފަލަސްތީނުގެ ބޯޑަރު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް