ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 03:18
ދިރާގުން ޕްރިޕެއިޑް ޑޭޓާ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަން
ދިރާގުން ޕްރިޕެއިޑް ޑޭޓާ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަން
ދިރާގު
ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް
ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުން 3 ގުނަ އިތުރު ޑޭޓާ
ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299 ރުފިޔާ އާއި 2999 ރުފިޔާގެ ދެމެދުގެ ޕެކޭޖްތައް ހިމެނޭ
މި ކޮންމެ ޕެކޭޖެއްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަސް
މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ 30 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ހުރިހާ ޕެކޭޖަކުން އިތުރު ޚަރަދަކާ ނުލައި 3 ގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ 30 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ކަމަށެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299 ރުފިޔާ އާއި 2999 ރުފިޔާގެ ދެމެދުގެ ޕެކޭޖްތައް ހިމެނެއެވެ. އަދި ކޮންމެ ޕެކޭޖެއްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްގެ ޕެކޭޖްތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ ޕެކޭޖްގެ ކީވޯޑްޖެހުމަށްފަހު 343 އަށް އެސް.އެމް.އެސް ފޮނުވުމުން އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުން ވަނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ފާހަގަކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
5 ސެޕްޓެންބަރ 2021 | އާދީއްތަ 03:47
ކަރުކެހި
ތިޔަ ޕެކޭޖެއް ހެޔޮނުވާނެ ނަގާކައް ތިޔަ ދިރާގުން ވާނުވާ ނޭގިހުރެ ޕެކޭޖުހަމާތަނުން ފޯނުގަ ހުންނަ ލާރިކޮޅުވެސް ކާލާ ބައެއްތިޔައީ ފުރީކޮންނޭ ކިޔާފަ ކޮންމެ އެސްއެމްއެސް އަކައްވެސް ލާރިކަޑާ ބައެއްތިޔައީ