ކ. މާލެ
|
28 ޖުލައި 2021 | ބުދަ 07:19
ފަލަސްތީނުގެ ރައްޔިތުންގެ ތެރެއަށް އިސްރާއީލުގެ ސިފައިން ކަރުނަ ގޭސް ޖަހަނީ
ފަލަސްތީނުގެ ރައްޔިތުންގެ ތެރެއަށް އިސްރާއީލުގެ ސިފައިން ކަރުނަ ގޭސް ޖަހަނީ
އަލްޖަޒީރާ
އިސްރާއީލު ޖަލު
އިސްރާއީލްގެ ޖަލެއްގައި ފަލަސްތީން މީހަކަށް އަނިޔާކޮށް މަރާލި ކަމަށް ބުނެފި
އަލް-ތަމީމީ ހައްޔަރުކުރީ ޓްރެފިކް މައްސަލައެއްގައި
އަނިޔާކުރި ކަމަށް ޖަލުގެ ގައިދީން ވަނީ އާއިލާއަށް މައުލޫމާތު ދީފައި

އިސްރާއީލްގެ ޖަލެއްގައި ފަލަސްތީން މީހަކަށް އަނިޔާކޮށް މަރާލި ކަމަށް އާއިލާއިން ބުނެފިއެވެ.

އަބްދުއްޔޫސުފް އަލް-ޚާތިބް އަލް_ތަމީމީ، 43 މަރުވެފައިވަނީ ވެސްޓް ޖެރުސަލަމްގައި ހުންނަ މޮސްކަބިޔާ ޖަލުގައި މި މަހުގެ 23 ވަނަ ދުވަހުއެވެ. އީސްޓް ޖެރުސަލަމްގައި ހުންނަ ޝައުފަތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުންދިޔަ، ހަތަރު ކުދިންގެ ބައްޕަ، އަލް-ތަމީމީ ހައްޔަރުކުރީ ޓްރެފިކް މައްސަލައެއްގައެވެ.

އޭނާއަށް ޖަލުގައި އަނިޔާ ކުރަމުންދާ ކަމަށް ބުނެ އެހެން ގައިދީންގެ ފަރާތުން ފޯނުކޯލް ލިބުނު ކަމަށާއި، ޖަލަށް ގެންދިޔައިރު އޭނާއަކީ ގަދަވެ ސަލާމަތުން ހުރި މީހެއް ކަމަށް އޭނާގެ އަންހެނުން، ރަނާއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

އަނިޔާކޮށްފައިވާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް ވެސް ވަނީ، އޭނާގެ މަރަށްފަހު އާންމު ވެފައެވެ.

އިސްރާއީލް ޖަލު އޮފިސަރުން ވަނީ، އޭނާ މަރުވެފައި އޮއްވާ ފެނުނު ކަމަށްބުނެފައެވެ. އަދި އެކަން ތަހުގީގުކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަލް-ތަމީމީގެ ހަށިގަނޑު މިހާރު ވަނީ އޮޓޮޕްސީ ހެދުމަށް އަބު ކަބީރް ފޮރެންސިކް އިންސްޓިޓިއުޓަށް ގެންގޮސްފައެވެ. ފަލަސްތީނުގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޮޓޮޕްސީ ރިޕޯޓު އާއްމު ކުރުމަށް ވެސް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް