Advertisement
ކ. މާލެ
|
10 ޖުލައި 2021 | ހޮނިހިރު 16:07
ބަނގްލަދޭޝްގެ ފެކްޓްރީގައި އަލިފާން ރޯވެފައި
ބަނގްލަދޭޝްގެ ފެކްޓްރީގައި އަލިފާން ރޯވެފައި
ރޮއިޓަރސް
ބަންގްލަދޭޝްގައި ހިނގި އަލިފާނުގެ ހާދިސާ
މިނިސްޓަރު ޝާހިދުގެ ތައުޒިޔާ ބަންގްލަދޭޝްއަށް
މިހިތާމައިގައި ދިވެހި ރައްޔިތުން ބައިވެރިވޭ
52 މަސައްކަތްތެރިން ވަނީ މަރުވެފައި
ވަރަށް ގިނަ ބަޔަކު ޒަޚަމްވެފައިވޭ

ބަންގްލަދޭޝްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ތައުޒިޔާ ފޮނުއްވައިފިއެވެ.

މިހާދިސާއާ ގުޅިގެން މިނިސްޓަރު ޝާހިދު ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ.އޭ.ކޭ.އަބްދުލް މޫމިން އަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދަޅުވެފައިވަނީ މި ހާދިސާއަކީ ސިހުން ލިބުނު ޚަބަރެއް ކަމަށެވެ. ލިބުނު ގެއްލުމުގެ ހިތާމާގައި ދިވެހި އެންމެހައި ރައްޔިތުން ބައިވެރިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ގެއްލުންތަކުން އަވަހަށް އަރައިގަނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

Advertisement

މީގެ އިތުރުން އަނިޔާ ލިބުނު މީހުންނަށް ހެޔޮދުއާއެކު އަވަސް ޝިފާއަކަށް އެދޭ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ރުޕްގަންޖު އަވަށުގައި ހުންނަ ކާބޯތަކެތި ތައްޔާރުކުރާ ފެކްޓްރީއެއްގައި ރޯވެ 52ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ފެކްޓްރީގައި އަލިފާން ރޯވެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މިހާދިސާގައި ގިނަ ވަރަށް ގިނަ ބަޔަކު ޒަޚަމްވެފައިވެ، ބައެއް މީހުން ގެއްލިފައިވެއެވެ. ފެކްޓްރީގައި މަސައްކަތް ކުރާ މީހުންގެ އާއިލާތައް މިހާރު އެސަރަހައްދަށް ވަނީ ޖަމާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް