ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 08:21
ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން ސަލާމަތީ ބާރުތަކުން ތަހުގީގު ހިންގަނީ
ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން ސަލާމަތީ ބާރުތަކުން ތަހުގީގު ހިންގަނީ
ސީ.އެން.އެން
ހެއިޓީގެ ރައީސް އަވަހާރަކޮށްލުން
ހެއިޓީގެ ރައީސް އަވަހާރަކޮށްލި މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފި
6 މީހަކު ހައްޔަރުކޮށްފައިވާ އިރު 4 މީހަކު ވަނީ މަރާލާފައި
ޒިންމާ ނަގަންޖެހޭ ފަރާތްތައް ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފައި

ހެއިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލި މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފިއެވެ.

އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ ސަލާމަތީ ބާރުތަކުން 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހުންނަކީ މުއިސް އަވަހާރަކޮށްލައި، ފަސްޓްލޭޑީ ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ކަމަށެވެ.

މި 6 މީހުން ހައްޔަރުކޮށްފައިވާ އިރު، އިތުރު 4 މީހަކު ވަނީ މަރާލާފައެވެ. ހެއިޓީގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ މިކަމުގައި 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި މިކަމުގެ ފަހަތުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ކްލޯޑް ޖޯސެފް ވަނީ މި މައްސަލައިގައި ހިމެނޭ މީހުން ހޯދުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެ މީހުން ހޯދުމަށްފަހު ފުލުހުންނާ ހަވާލުކުރުމަށާއި، އެމީހުން ނުމެރުމަށް ވެސް އެދިވަޑައިގަތެވެ. އަދި ރައީސްގެ އަނބިކަނބަލުންނާއި ދަރިކަލުން ބޭނުންވަނީ އިންސާފު ހޯދުމަށް ކަމަށެވެ.

ހެއިޓީން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބޮއްޗިޓު އެޑްމޮންޑް ވިދާޅުވީ ރައީސް އަވަހާރަކޮށްލި މީހުންނަކީ ބޭރުގެ ސިފައިން ކަމަށް ބެލެވޭ ކަމަށާއި، އެމީހުންނަށް ހެއިޓީގެ އާންމުންގެ ތެރެއިން ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. ސަފީރު މިކަމާ ބެހެ އިތުރު މައުލޫމާތު ހާމައެއް ނުކުރައްވައެވެ.

މޮއިސެސް އަވަހާރަކޮށްލާފައިވަނީ އެ ގައުމުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެގައުމުގެ ވެރިކަން ކުރާ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާ އިރު، މި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. ސިޔާސީ ހަލަބޮލިކަމުގެ އިތުރުން، އިންސާނީ ކާރިސާއެއްގެ އިތުރުން ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ވެސް އެގައުމަށް އައީ އިތުރު ހަމަނުޖެހުންތަކާއި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ.

ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު އެގައުމުގައި ވެރިކަމުގެ ބާރުތަކާ މެދު ވެސް ވަނީ ނުތަނަވަސްކަން އުފެދިއެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، އެ ގައުމުގެ ބޮޑުވަޒީރުކަމާ މެދު ދެ މީހަކު ގެންދަނީ ދައުވާ ކުރަމުންނެވެ.

އެ ގައުމުގެ ގާނޫނުގައި ބުނާ ގޮތުން، ރައީސްއެއް ނެތް ހާލަތެއްގައި ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާނީ ސުޕްރީމް ކޯޓުގެ ރައީސެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރައީސް ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް