ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 11:38
ބްރެޒިލްގެ ރައްޔިތުން އެގައުމުގެ ރައީސް ބޮލްސޮނާރޯގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހާރާތަކުގެ ތެރެއިން
ބްރެޒިލްގެ ރައްޔިތުން އެގައުމުގެ ރައީސް ބޮލްސޮނާރޯގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހާރާތަކުގެ ތެރެއިން
އޭޕީ
ބްރެޒިލްގެ ރައީސާ ދެކޮޅަށް މުޒާހަރާކުރުން
ބައި މިލިއަނަށް ވުރެގިނަ މީހުންގެ މަރާއެކު ބްރެޒިލްގެ ރައްޔިތުންގެ ނުރުހުން ރައީސަށް
އެތައް ހާސް ރައްޔިތުންނެއް ވަނީ ހޮނިހިރު ދުވަހު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައި
ރިއޯ ޑި ޖެނީރިއޯގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ބޮލްސޮނާރޯ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައި
ރިއޯގެ އިތުރުން ބްރެޒިލްގެ 22ށް ވުރެ ގިނަ ސްޓޭޓްގައި ވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފައި

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ ބްރެޒިލްއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ބައި މިލިއަނުން މައްޗަށް އަރައި އެގައުމުގެ ރައްޔިތުންގެ ނުރުހުން އެ ގައުމުގެ ރައީސް ޖައަރ ބޮލްސޮނާރޯއަށް އަމާޒުވެއްޖެއެވެ.

ބްރެޒިލް ގައި ކޮވިޑް-19 ފެތުރެން ފެށުނީއްސުރެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތްކުރައްވަމުން ގެންދަވާ އެގައުމުގެ ރައީސް ބޮލްސޮނާރޯއާ ދެކޮޅަށް އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މިހާރު އަޑު އުފުލަމުންނެވެ. އެގޮތުން އެގައުމުގެ ސަރުކާރާ އިދިކޮޅު އެތައް ހާސް ރައްޔިތުންނެއް ވަނީ ހޮނިހިރު ދުވަހު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ.

ރިއޯ ޑި ޖެނީރިއޯގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ބޮލްސޮނާރޯގެ ސަރުކާރަކީ މީހުންގެ ވަޒީފާތައް ގެއްލުވާލައި ބަނޑަށް ޖެއްސި ސަރުކާރުކަމަށް ސިފަކޮށް، ބޮލްސޮނާރޯ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި ކޮވިޑް ބަލިމަޑުކަމުގައި އެގައުމުން މަރުވެގެން ދިޔަ ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެގެން ދިޔައީ ބޮލްސޮނާރޯ ގެ އިހުމާލުން ކަމަށް މުޒާހާރާގެ ބައިވެރިން ފާޅުކުރި ހިޔާލުތަކުގެ ތެރޭގައި ހިމެނެއެވެ.  

ރިއޯގެ އިތުރުން ބްރެޒިލްގެ 22ށް ވުރެ ގިނަ ސްޓޭޓްގައި ވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފެޑެރަލް ޑިސްޓްރިކްޓް ބްރެޒިލިއާ ވެސް ހިމެނެއެވެ. ސައޯ ޕޯލޯގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ކޮވިޑްގައި މަރުވި މީހުންގެ ހަނދާނުގައި ރަތް ކުލައިގެ ފުއްޕާހަން ދޫކޮށްފައެވެ.

ބޮލްސޮނާރޯއާ ދެކޮޅަށް އެގައުމުގެ ރައްޔިތުން މުޒާހަރަން ކުރަން ފަށާފައިވާއިރު، ފާއިތުވި މަސްތަކުގައި ބޮލްސޮނާރޯގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެ އެއްވުންތައް ބޭއްވި މިންވަރު އިތުރެވެ. އެގޮތުން ބޮލްސޮނާރޯއާ އޭނާގެ ސަޕޯޓަރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އެކި ފަހަރުމަތިން އަޑު އުފުލާ ނުރުހުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް