މާލޭގެ ހުޅަނގު ފަރާތު ބަނދަރުގައި އަޅާފައިވާ ލޯންޗްތަކެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ، ފަޅުގައި އަޅާފައި އޮތް 3 ލޯންޗެއްގައި ކަމަށެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު 6:13ހާއިރު ހާދިސާގެ ރިޕޯޓް ލިބިގެން އެސަރަހައްދަށް ގޮސް އަލިފާން އެއްކޮށް ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

އަލިފާން ރޯވި 3 ލޯންޗްގެ ތެރެއިން އެއް ލޯންޗް އެއްކޮށް ވަނީ އަނދާފައެވެ. 3 ލޯންޗެއްގައި އަލިފާން ރޯވި ނަަމަވެސް 4 ލޯންޗަކަށް ގެއްލުން ލިބުނު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ހާދިސާގެ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެއެވެ.