ކ. މާލެ
|
11 ޖޫން 2021 | ހުކުރު 23:57
މިނިސްޓަރު ޝާހިދަށް  މަރުހަބާ ދެންނެވުން
މިނިސްޓަރު ޝާހިދަށް މަރުހަބާ ދެންނެވުން
ޔޫއެން މޯލްޑިވްސް
އދގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުން ހޮވުން
އަލްބޭނިއާ، ބްރެޒިލް، ގެބޮން، ގާނާ، އަދި ޔޫއޭއީ އދ. ގެ ސެކިއުރިޓީ ކައުންސިލަށް
މި އިންތިޚާބުގައި ކޮންގޯއަށް ލިބިފައިވަނީ 3 ވޯޓު، ޕެރޫ އަދި އިރާނަށް ލިބިފައިވަނީ އެންމެ ވޯޓެއް
މިއީ އަލްބޭނިއާ އދ. ގެ ސެކިއުރިޓީ ކައުންސިލަށް އިންތިޚާބުވި ފުރަތަމަ ފަހަރު
މި ކައުންސިލުގައި ނޮންޕަރމަނެންޓް މެމްބަރުންގެ ގޮތުގައި ދެންތިބީ އިންޑިއާ، އަޔަލެންޑް، ކެންޔާ، މެކްސިކޯ އަދި ނޯވޭ

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ނޮންޕަރމަނެންޓް މެމްބަރުންގެ ގޮތުގައި އަލްބޭނިއާ، ބްރެޒިލް، ގެބޮން، ގާނާ، އަދި ޔޫއޭއީ އިންތިޚާބުކޮށްފިއެވެ.

2 އަހަރު ދުވަހުގެ ދައުރެއް މި ޤައުމުތަކުން ސެކިއުރިޓީ ކައުންސިލްގައި ފުރިހަމަކުރާއިރު، މި ޤައުމުތައް އިންތިޚާބުކޮށްފައިމިވަނީ މިކަމަށްޓަކައި އދ. ގެ އާންމު ބައްދަލުމުގެ ތެރޭގައި ބޭއްވި އިންތިޚާބުގެ ތެރެއިންނެވެ.

ސެކިއުރިޓީ ކައުންސިލްގައި ޖުމްލަ 15 މެމްބަރު ގައުމު ހިމެނޭއިރު، މީގެ ތެރެއިން 5 މެމްބަރު ގައުމަކީ ދާއިމީ މެމްބަރު ގައުމުތަކެވެ. ސެކިއުރިޓީ ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ވީޓޯކުރުމުގެ ބާރުވެސް ލިބިގެންވާ މި ޤައުމުތަކަކީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ ޗައިނާ، ފްރާންސް، ރަޝިޔާ، އިނގިރޭސިވިލާތް، އަދި އެމެރިކާއެވެ.

އދގެ ސެކިއުރިޓީ ކައުންސިންގެ ނޮންޕަރމަނެންޓް މެމްބަރުންގެ ގޮތުގައި އަލްބޭނިއާ، ބްރެޒިލް، ގެބޮން، ގާނާ، އަދި ޔޫއޭއީ އިންތިޚާބުކޮށްފައިވާއިރު، މި ކައުންސިލްގެ ނޮންޕަރމަނެންޓް މެމްބަރުންގެ ގޮތުގައި އިންޑިއާ، އަޔަލެންޑް، ކެންޔާ، މެކްސިކޯ، އަދި ނޯވޭވެސް އެބަތިއްބެވެ.

އައު މެމްބަރުން އިންތިޚާބުކޮށްފައިމިވަނީ، އޭޝިއާ ޕެސިފިކް ގްރޫޕުން މި ކައުންސިލްގައި ތަމްސީލުކުރި ވިއެޓްނާމް، ލެޓިން އެމެރިކާ ސަރަހަދުން ސެއިން ވިންސެޓް، ކެރީބިއަނުން ގްރެނެޑައިންސް، އީސްޓަރން ޔޫރަޕްގެ ޤައުމުތަކުން އެސްޓޯނިއާ، އަދި އެފްރިކާގެ ގައުމުތަކުން ނައިޖަރ، އަދި ޓިއުނީޝިއާގެ މެމްބަރުކަމުގެ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.

ޖޫން 11 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އދގެ 193 މެމްބަރު ޤައުމުން ވޯޓު ދީފައިވާއިރު، ޖާނާއަށް 183 ވޯޓު، ގެބޮންއަށް 183 ވޯޓު، ޔޫއޭއީއަށް 179 ވޯޓު، އަލްބޭނިއާއަށް 175 ވޯޓު، އަދި ބްރެޒިލްއަށް 181 ވޯޓު ވަނީ ލިބިފައެވެ. މި އިންތޚާބުގައި ދެން ވާދަކުރި ކޮންގޯއަށް ލިބިފައިވަނީ 3 ވޯޓެވެ. އަދި ޕެރޫއާއި އިރާނަށް ލިބިފައިވަނީ ކޮންމެ ގައުމަކަށް ވޯޓެކެވެ.

އދގެ ސެކިއުރިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ގައުމުތަކުގެ ތެރެއިން އަލްބޭނިއާ ފިޔަވާ އެހެން ހުރިހާ ގައުމުތަކީ މި ކައުންސިލްގެ މެމްބަރުންގެ ގޮތުގައި މީގެކުރިން ހަރަކާތްތެރިވެފައިވާ ގައުމުތަކެވެ. އެގޮތުން ބްރެޒިލުން މި ކައުންސިލުގެ 10 ދައުރު، ގެބޮން އަދި ގާނާއިން 3 ދައުރު، އަދި ޔޫއޭއީން 1 ދައުރު ވަނީ ފުރިހަމަކޮށްފައެވެ.

އަލަށް އިންތިޚާބުކުރި ޤައުމުތަކުގެ ދައުރު 1 ޖެނުއަރީ 2022ގައި ފަށާއިރު، ދައުރުގެ މުއްދަތު ހަމަވާނީ 31 ޑިސެމްބަރ 2023އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް