ކ. މާލެ
|
9 ޖޫން 2021 | ބުދަ 18:09
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ސީ.އެން.އެން
ޓްރަމްޕާއި ސޯޝަލް މީޑިއާ
ޓްރަމްޕް އެދިވަޑައިގަންނަވަނީ ޓްވިޓަރއާއި ފޭސްބުކް ބޭނުން ނުކުރުމަށް
ވެރިކަމުގައި ހުންނެވިއިރުވެސް ފޭސްބުކް މަނާ ކުރުމަށް ޚިޔާލު ކުރެއްވި
ޓްވިޓަރއާއި ފޭސްބުކްއިން ޓްރަމްޕް ބޭން ކޮށްފައިވޭ

ޓްވިޓަރއާއި ފޭސްބުކް ބޭނުން ނުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފިއެވެ.

އެމެރިކާގެ ކެޕިޓޯލްގައި ހިނގާ ދިޔަ ހަމަނުޖެހުމަށްފަހު ޓްވިޓަރ އަދި ފޭސްބުކްއިން ޓްރަމްޕް ބޭން ކޮށްފައިވާއިރު، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނެތް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޓްވިޓަރ އަދި ފޭސްބުކް ބޭނުން ނުކުރުމަށް އެދިވަޑައިގެންފައެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ ނައިޖީރިއާއިން ދާދި ފަހުން ޓްވިޓަރ ބޭން ކުރުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ. ޓްރަމްޕް ވިދާޅުވީ، އޭނާ ވެރިކަމުގައި ހުންނެވިއިރު ފޭސްބުކް މަނާ ކުރުމަށްވެސް ޚިޔާލު ކުރެއްވި ކަމަށެވެ. ނަމަވެސް ފޭސްބުކްގެ ވެރިޔާ މާކް ޒުކަބަރގް ދޭތެރެ ދޭތެރެއިން ގުޅުއްވައި ވައިޓްހައުސްއަށް އައިސް ޓްރަމްޕްގެ ރަނގަޅު ވާހަކަ ދައްކާވަރުން އެކަން އެހެން ނުކުރެއްވީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނައިޖީރިއާގައި ޓްވިޓާ ބޭނުންކުރުން މަނާ ކޮށްފައިވަނީ އެގައުމުގެ ރައީސް މުހައްމަދު ބުހާރީ ކުރެއްވި ޓްވީޓެއް ޓްވިޓާގެ އުސޫލުތަކާ ޚިލާފުވި ކަމަށް ބުނެ ޑިލިޓް ކުރުމާއި ގުޅިގެންނެވެ. އެ ނިންމުމާއި ގުޅިގެން ޓްވިޓަރ އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް