އެމްއައި ކޮލެޖް ދޮރަށް ގެއްލުންދީ އެތަނުންވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ހޯދަމުންދަނީ މާޗު 16ވަނަ ދުވަހުގެ ވަގުތެއްގައި އެމްއައި ކޮލެޖުގެ ދޮރަށް ގެއްލުންދީގެން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އެމީހާ އެމްއައި ކޮލެޖަށް ވަދެފައިވާ ވީޑިއޯ ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެވީޑިއޯއިން ފެންނަނީ މާކްސް އަޅަައިގެން ފިރިހެނެއް އެމްއައި ކޮލެޖަށް ވަންނަ މަންޒަރެވެ. އަދި ނުކުމެގެންދަނީ ކަޅު ކުލައިގެ ދަބަހެއް އަޅައިގެންނެވެ.
![](https://dyncz33htw1ec.cloudfront.net/posts/b59e9538-6e37-45b1-92f0-065b67aaf038.png)
ފުލުހުން ބުނީ އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ މައުލޫމާތެއް ހިއްސާކުރުމަށް އެދޭ ކަމަށެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481765 އެވެ.
މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފުލުހުން ފާހަގަކޮށްފައިވެއެވެ.