ކ. މާލެ
|
14 ޖޫން 2025 | ހޮނިހިރު 12:42
އެމް.އައި ކޮލެޖް މާލޭ ކެމްޕަސް: އެ ކޮލެޖުން ވަނީ 15 ޑިގްރީ ޕްރޮގްރާމަކަށް ހުޅުވާލާފައި
އެމް.އައި ކޮލެޖް މާލޭ ކެމްޕަސް: އެ ކޮލެޖުން ވަނީ 15 ޑިގްރީ ޕްރޮގްރާމަކަށް ހުޅުވާލާފައި
ފަޔާޒު މޫސާ / މިހާރު
ޑިޖިޓަލް މާކެޓިންގ
އެމް.އައި ކޮލެޖުން ބެޗްލަރސް ޑިގްރީގެ 15 އައު ޕްރޮގްރާމަށް ފުރުސަތު ހުޅުވާލައިފި
އެމް.އައި ކޮލެޖް އިން ބެޗްލަރސް ޑިގްރީގެ 15 އައު ޕްރޮގްރާމް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ބޭނުންތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށް
ކޮންމެ ބެޗްލަރސް ޑިގްރީއެއްގައިވެސް އިންޓާރންޝިޕް ޕްރޮގްރާމެއް ހިމެނޭއިރު އަމަލީ ތަޖުރިބާ ހޯދުމަށް 10 ހަފްތާގެ މުއްދަތެއް ލިބޭނެ

މިއާންޒް އިންޓަނޭޝަނަލް ކޮލެޖު (އެމް.އައި ކޮލެޖް) އިން ބެޗްލަރސް ޑިގްރީގެ 15 އައު ޕްރޮގްރާމް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއައި ކޮލެޖުން ބުނީ މި ކޯސްތަކަށް ހުޅުވާލާފައި ވަނީ މީގެ ސަބަބުން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތަށް ވަޒީފާގެ ބާޒާރުގެ ބޭނުންތަކާ އެއްހަމައެއްގައި ހިފެހެއްޓިގެންދާނެތީ ކަމަށެވެ. އަދި އައު ހުރިހާ ބެޗްލަރސް ޑިގްރީއެއްގައިވެސް ވަޒީފާގެ ތަޖުރިބާލިބޭ އިންޓާރންޝިޕެއްގެ ޖާގަ ކަށަވަރުވުމާއިއެކު ކެޕްސްޓޯން ޕްރޮޖެކްޓެއް ހިމެނިފައިވާނެ ކަމަށް ވެސް އެ ކޮލެޖުން ބުނެއެވެ.

އެމްއައި ކޮލެޖުން ބުނީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުން ދަސްވެނިވާނީ ބޭނުންވާ އިލްމުގެ އިތުރުން ހުނަރާއެކު އަމަލީ ތަޖްރިބާވެސް ލިބިގެން ކަމަށާއި އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމަކީ އަލަށް ތާޢާރަފްކުރެވިގެންދާ ބެޗްލަރ އޮފް ސައިންސް އިން ޑިޖިޓަލް މާކެޓިންގ ކަމަށެވެ.

އަދި މިއީ ދިވެހި ރާއްޖޭގައި މާރކެޓިންގެ ޑިގްރީ ހިންގި ނަމަވެސް ޑިޖިޓަލް ޗެނަލްތަކާއި، އެނަލިޓިކްސް އަދި ކެމްޕޭން މެނޭޖްމަންޓަށް ޚާއްޞަކޮށްގެން ހިންގާ ހަމައެކަނި އަންޑަގްރެޖުއޭޓް ޑިގްރީ ކޯސްތައް ކަމަށް ވެސް އެމްއައި ކޮލެޖުން ބުނެއެވެ.

ބިޒްނަސް ދަރިވަރުންނަށް ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓްގެ އޮނިގަނޑުގެ ތެރެއިން މާކެޓިންގ، ފައިނޭންސް، އެޗްއާރު ޑިވެލޮޕްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ރޮންގުން ޚާއްސަވެވުމުގެ ފުރުޞަތު ލިބޭއިރު، ޓެކްނޮލޮޖީއަށް ޝައުޤުވެރިވާ ފަރާތްތަކަށް ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސްގެ ޕްރޮގްރާމްތަކުގެ ތެރެއިން ވެބް، މޮބައިލް ނުވަތަ ވިންޑޯސް-އެޕް ޑިވެލޮޕްމަންޓްގެ ރޮންގުން ޚާއްސަ ވުމުގެ ފުރުސަތު ލިނިގެންދާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

އަދި ޑިޖިޓަލް ޑިޒައިން ޑިގްރީގެ ޕާތުވޭތަކުގެ ތެރޭގައި - 3-ޑީ މޯޝަން، ގްރެފިކްސް އެންޑް އިންޓަރެކްޓިވް މީޑިއާ، އަދި ވީއެފްއެކްސް އިން ޚާއްސަވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށާާއި މި ދާއިރާ ތަކުން ޚާއްސަ ވާ ދަރިވަރުން ދަސްވެނިވެގެން ނުކުންނާނީ އަމަލީ ތަޖްރިބާ ހިމެނޭ އންޓަރންޝިޕްގެ އެހީގައި މީޑިއާ ޕޯޓްފޯލިއޯއަކާއި އެކުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މަސައްކަތުގައި ދެމިތިބި ޕްރޮފެޝަނަލުންނަށް ޚާއްސަކުރެވިގެން، ކޮލެޖުން ވަނީ ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އިން މާސްޓަރސް އޮފް ސައިންސް ޚާސިލްކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. އަދި މީގެ އިތުރުން ސްކޫލް ލީޑަރުންނާއި ޕޮލިސީ ޚާއްސަވުމަށް އެދޭ ފަރާތްތަކަށް އިތުރު ދެ މާސްޓަރ އެއ އެޑިޔުކޭޝަން ގެ ދާއިރާއިން ހުޅުވާލެވިފައިވާ ކަމަށް އެމްއައި ކޮލެޖުން ބުނެއެވެ.

ކޮންމެ ބެޗްލަރސް ޕާތްވޭއެއްގައިވެސް އިންޓަރންޝިޕް ހިމެނިފައިވާއިރު، ދަރިވަރުން މަދުވެގެން 10 ހަފްތާ ވަންދެން އެދަރިވަރެއް ޚާއްސާ ވާ ދާއިރާއިން އިންޓަރންޝިޕްގެ ތެރެއިން މަސައްކަތުގެ އަމަލީތަޖްރިބާ ހޯދާގޮތަށް ވެސް ވަނީ ފަރުމާކުރެވިފައެވެ.

އަދި ވަޒީފާ އަދާކުރަމުންދަނީ ޚާއްސަވާ ދައިރާ އާގުޅޭ އޯގަނައިސޭޝަން އެއްގައިނަމަ އެތަނަކުން ފުރުސަތު ހޯދައިދިނުމަށް ކޮލެޖުން މަސައްކަތްކުރާނެއެވެ. އަދި މި ނޫންދަރިވަރުނަށް ބޭނުންވާ އެކަށީގެންވާ އަމަލީ ތަޖްރިބާ ލިބޭނެ އޮގަނައިޒޭޝަން އެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދެވޭނެ ކަމަށް ވެސް އެ ކޮލެޖުން ބުނެއެވެ.

އެމް.އައި ކޮލެޖުން ވަނީ ފަތުރުވެރިކަމާއި، ބޭންކިންގ، އަދި މީޑިއާގެ ފުންނާބުއުސް ކުންފުނިތަކާއެކު ހޯސްޓް އެއްބަސްވުންތައް ހޯދުމުގެ މަސައްކަތްފަށާފައި ކަމަށާއި މިގޮތުން ޝަރުޠު ހަމަވާ ކޮންމެ ދަރިވަރަކަށް ފުދޭވަރަކަށް ޖާގަ ރިޒާވް ކުރެވިގެންދާނެ ކަމަށް ބުނެފައި ވެއެވެ.

ކޮންމެ ދަރިވަރަކަށްވެސް ގްރެޖުއޭޓްވުމުގެ ކުރިން އަސްލު މަސައްކަތުގެ މާޙައުލުގެ ތަޖުރިބާ ލިބެންޖެހޭ ކަމަށް ވައިސް ރެކްޓަރ ޑރ. ފާޠިމަތު ޝަހީމާ ވިދާޅުވިއެވެ.

އިންޓަރންޝިޕްގެ ސަބަބުން ކްލާސްރޫމްގެ ނަޒަރިއްޔާ ޢަމަލީ ގޮތުން ފެނި، އަދި ވަޒީފާދޭ ފަރާތްތަކަށް ގްރެޖުއޭޓުން މަސައްކަތުގައި ވަޒަންކުރެވެއެވެ - މިކަމުގެ ސަބަބުން ގިނަފަހަރު ފުލްޓައިމް ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ.

އެމް.އައި ކޮލެޖް

ރެކްޓަރ މިސް ލަމްޔާ ޢަބްދުލް ހާދީ ވިދާޅުވި ގޮތުގައި، އެމް.އައި ކޮލެޖުގައި ހިންގާ މި ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ ޤައުމަށް ބޭނުންވާ ޙަޤީޤީ އިންސާނީ ރައުސުލްމާލު ބިނާކުރުމަށެވެ. ދިރާސާގެ އެހީގައި ވަޒީފާ ދޭފަރާތްތަކުން ބޭނުންވާ ހުނަރުތަކަކީ ކޮބައިކަން އަދި ޕްރޮގްރާމްތައް އެކުލަވާލީ އެ ބޭނުންތަކަށް ފެތޭގޮތަށް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އެމް.އައި ކޮލެޖުގެ ޖޫން އިންޓޭކްއަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ 30 ޖޫން އާ ހަމައަށް އިތުރުކޮށްފައި އެވެ. އަދި އެގޮތަށް މުއްދަތު އިތުރުކުރީ ލޭޓް އެންޓްރީގެ ފުރުސަތަށް އެދޭ ފަރާތްތައް ތިބުމާއެކު އިތުރު ފުރުސަތު ދިނުމަށްޓަކައި ކަމަށް އެ ކޮލެޖުން ބުނެއެވެ.

ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް އިތުރު މަޢުލޫމާތު ހޯދުމަށް ނުވަތަ އޮންލައިންކޮށް އެޕްލައިކުރުމަށް www.micollege.edu.mv އަށް ވަޑައިގަތުމަށާއި އިރުޝާދު ހޯދުމަށް 3341545 ނަމްބަރަށް ގުޅުއްވުމަށް ވެސް އެމް.އައި ކޮލެޖުން ވަނީ އެދިފައެވެ.

ދުނިޔޭގެ ފެންވަރުގެ އެވޯޓުތައް ވެސް ލިބިފައިވާ އެމް.އައި ކޮލެޖަކީ މިހާރުވެސް 2500 އަށްވުރެ ގިނަ ދަރިވަރުން ކިޔަމުން ދާ ކޮލެޖެކެވެ. އެ ކޮލެޖުން މިހާރު އަންނަނީ 19 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ވެސް ތައްޔާރުވަމުންނެވެ.

- ކޮމެންޓް